ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަމާލެ ބްރިޖުގެ އޮނިގަނޑު ނިމި މާލެއާ ވިލިމާލެ ގުޅާލަނީ

Original
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތިލަމާލެ ބްރިޖް މަޝްރޫއުގައި މާާލެއާ ވިލިމާލެ ގުޅުވައިދޭ މައި އޮނިގަނޑުގެ މަސައްކަތް ނިންމި މާލެއާ ވިލިމާލެ މާދަމާ, ބްރިޖުން ގުޅުވާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

އެހެން ކަމުން ތިލަމާލެ ބްރިޖު މަޝްރޫއުގައި މާދަމާ އަކީ ތާރީހީ ދުވަހެވެ. ބްރިޖުގެ އޮނިގަނޑުގެ މަސައްކަތުގެ ތެރެއިން ނުނިމި ވަނީ ވަރަށް މަދު މަސައްކަތްތަކެކެވެ. އެގޮތުން މާލެއާ ވިލިމާލެ ގުޅާލަން ދެން އޮތީ އެންމެ ފަހުގެ ސެގްމަންޓް ނިންމުމެވެ. ނުގުޅި ވަނީ ކުޑަތަންކޮޅެކެވެ.

އެ މަސައްކަތް މާދަމާ ނިންމާލާނެ އެވެ. އެކަން ފާހަގަކުރުމަށް ހެނދުނު ހާއްސަ ހަރަކާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ. އޭގެ ފަހުން ދެން އޮންނާނީ ބްރިޖުގެ ފިނިޝިން މަސައްކަތްތަކެވެ. އެއީ ރޭލިން ހަރުކުރުން ފަދަ މަސައްކަތެވެ.

HajjCop_ads
Advertisement

ނަމަވެސް ބްރިޖު މުޅީން ނިންމާ ބޭނުންކުރަން އަދިވެސް މަސްތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

އެ ކުންފުނިން އެންމެ ފަހުން ބުނި ގޮތުގައި ބްރިޖުގެ 75 އިންސައްތައަށް ވުރެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުއަށް ބަލާއިރު، ބްރިޖް މަޝްރޫޢު މުޅިން ނިންމާލެވޭ ވަރުވާނީ، އަންނަ އަހަރުކަމަށް މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ 31 މާޗް 2026 އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ 30 ސެޕްޓެމްބަރ 2026 އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޑިއާގެ ސަޕޯޓް ލިބޭ، ތިލަމާލެ ބްރިޖު މަޝްރޫޢު ހަލުވި ކުރެވިއްޖެ: ރައީސް

ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ތަނބު ތިލަމާލެ ބްރިޖުގައި