ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫ ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީން އެދިއްޖެ

Netanyahu
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި “ގްލޯބަލް ފްރީޑަމް ފްލޮޓިލާ” އަށް ހަމަލާދިން މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އަފެކް މޮސްކޮވިޗް ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެދިނުމަށް ތުރުކީވިލާތުން ރަސްމީކޮށް އެދިއްޖެއެވެ.

މިކަން ހާމަކުރައްވައި ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް އެކްސް ގައި ވިދާޅުވީ، މި ދެ މީހުން ހައްޔަރުކުރުމުގެ އަމުރެއް ޖުލައި 14 ވަނަ ދުވަހު ނެރެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހޯދުމުގެ ބައިނަލްއަޤްވާމީ މަރުޙަލާ ފެށުމަށް ތުރުކީގެ ދާޚިލީ ވުޒާރާއަށް މިހާރު އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްތަންބޫލުގެ 11 ވަނަ ހެވީ ޕީނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައަކީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ޢާންމުންނަށް އަމާޒުކޮށް ހަތިޔާރާއެކު ދިން ޙަމަލާއާ ގުޅިގެން 35 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ މައްސަލައެކެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ނަތަންޔާހޫ އަދި މޮސްކޮވިޗްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ނަސްލުނައްތާލުން (ޖެނޮސައިޑް)، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުން، ލާއިންސާނީ އަނިޔާކުރުން، ޤަޞްދުގައި ގެއްލުންދިނުން، މިނިވަންކަން ނިގުޅައިގަތުން، މުދަލަށް ގެއްލުންދިނުން، ފޭރުން އަދި ދަތުރުފަތުރުކުރާ އުޅަނދުތައް ހައިޖެކްކުރުމުގެ ދަޢުވާ ހިމެނެއެވެ. ނަމަވެސް، މޮސްކޮވިޗާ ބެހޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖަސްޓިސް މިނިސްޓަރު ގުރްލެކް ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށާއި، އެ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުޞަތު ތުރުކީވިލާތުން ނުދޭނެ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ތުރުކީ-އެމެރިކާގެ ގުޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފް ކުރައްވައިފި