ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ރާއްޖެ އަތުވެއްޖެ

TTH_Ads
Maldivian_Ads
STO_Ads
Advertisement

“46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން” މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

“ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން” މުބާރާތަކީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްތެވެ.

އެންމެފަހުން ބާއްވާފައިވަނީ މީގެ 46 ވަނަ މުބާރާތެވެ. މިއަހަރު މުބާރާތުގައި 133 ޤައުމަކުން ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.

HajjCop_ads
Advertisement

މި މުބާރާތުގައި 4 ކުއްޖަކު ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ. އޭގެ ތެރެއިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ މުބާރާތުން 4 ވަނަ ހާސިލްކޮށްފައެވެ. މިމުބާރާތުގެ 4ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ހަފްލާއަށްފަހު ސަޢުދީ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤުރްއާން އެސްއެސްސީ އިމްތިޙާނު ބާއްވަން ތައްޔާރުވެއްޖެ

Quran

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފި

ޤުރްއާނަށް ޚާއްޞަ ވަޤްފު އިމާރާތުގެ ކުރެހުން އަންނަ މަހު ނިންމަނީ

މައްކާގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒް ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޯދަނީ