ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އަންނަ އަހަރަށް ނިންމާލެވޭނެ: ޢަލީ ޝަރީފް

Big yVkgiXHEcbxea2EpwJvsgG7gk
Maldivian_Ads
TTH_Ads
STO_Ads
Advertisement

އިޔާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތައް އަންނަ އަހަރަށް ނިންމާލެވޭނެކަމަށް ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. 2028ގެ ނިޔަލައް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، މިދިޔި ހަފުތާގެ ތެރޭގައި ރ. އަތޮޅުގައި 6.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އެރައިސް މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މީގެ ތެރެއިން އޭދަފުށީގައި ގާއިމްކުރި 1.2 މެގަވޮޓުގެ ސިސްޓަމްތައް މިހާރު ބޭނުންކުރަން ފަށާފައިވާ ކަަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ، މިހާރުވެސް 14.5 މެގަވޮޓުގެ ސޯލާ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މި މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ އެތައް މަޝްރޫޢެއްގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް އަންނަ އަހަރުގެ ނިޔަލަށް ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކުރެވޭ ގިނަ މަޝްރޫޢުގެ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދެވި، އަންނަ އަހަރަށް ގިނަ މަޝްރޫޢުތައް އިފްތިތާހުކުރެވޭނެ.
ހަކަތައާބެހޭ ވަޒީރު ވިދާޅުވިއެވެ.
ހަކަތައާބެހޭ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަދި ރާވާފައިވާ މަޝްރޫޢުތައް ނިމުމުން ޤައުމީ އިޔާދަ ކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އިތުރަށް ބޭނުންވާ 330 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ޤާއިމްކުރެވޭނެ ކަމަށެވެ. މިއާއެކު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33އަށް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަކަތައިގެ މަޝްރޫޢުތަަކަށް ބަލާއިރު ރ، އަދި ބ، އަތޮޅުގެ 26 ރަށެއްގައި 6.5 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި މިހާރު މިވަނީ މި ނިޒާމުތައް ބޭނުންކުރަން ފަށާފައެވެ. ކުޅުދުއްފުށި، އޭދަފުށި، ހިންނަވަރު، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި 11 މެގަވޮޓްގެ ސޯލާ ސިސްޓަމްތަކުގެ %95 މަސައްކަތް ވަނީ ނިމިފައެވެ. މީގެ ތެރެއިން އޭދަފުށީގައި ގާއިމްކޮށްފައިވާ ސޯލާ ސިސްޓަމްތައް އެއްކޮށް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

މީގެ އިތުރުން، ކ، އއ، އދ، އަދި ވ އަތޮޅުގެ 23 ރަށެއްގައި 5.88 މެގަވޮޓްގެ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި 18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމުގެ ޑިޒައިން ރިވިއު މަރުހަލާ ކުރިއަށްދާއިރު، އިތުރު 13 ރަށެއްގައި 14.5 މެގަވޮޓްގެ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރާނެ ފަރާތެއް ހޯދުމުގެ ޓެންޑަރިންގ މަސައްކަތް ނިންމައި މިމަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

HOzmWv3aEAAqh6e

އައްޑޫ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫގައި ޤާއިމުކޮށްފައިވާ 16 މިލިއަން ޑޮލަރުގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ