ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ އަޑު: ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާފައިވާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް އެމަނިކުފާނު ކުރިއަށްގެންދަވައިފި އެވެ.

މި ބައްދަލުވުންތަކުގެ ބައެއް މަންޒަރާއި އަޑު ހިމެނޭހެން، “ރައްޔިތުންގެ އަޑު” ސިލްސިލާގެ 2 ވަނަ އެޕިސޯޑް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ މީސް މީޑިއާގައި ޝާއިޢުކުރައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވަކިވަކީން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ހުށަހެޅުއްވި ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ، އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާފަ އެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް އެދި ހުށަހެޅޭނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާންކުރައްވާ މުއްދަތުތަކުގައި، އެކަމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލެއްވީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލެއްވީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށެވެ.

HajjCop_ads
Advertisement

ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިއަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހު އެވެ.

“ރައްޔިތުންގެ އަޑު” ނަމުގައި ކުރިއަށްގެންދަވާ މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

muiz

މޯލްޑިވްސް 2.0 މަޝްރޫއުގެ ތެރެއިން އައިޓީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިވާނެ: ރައީސް

muiz

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ: ރައީސް

minister shiyam

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން: ވަޒީރު