ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ: ރައީސް

muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް 2028 ވަނަ އަހަރު އަންނަންވާއިރަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވައި، ގިނަ ބަޔަކަށް ފުލެޓާއި ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިރޭ ގެނެސްދިން “ރައްޔިތުންގެ އަޑު” ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް އަމާޒަކީ މާލެއާއި އަތޮޅުތަކުގައި ވީހާވެސް އަވަހަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ.

އަދި ސަރުކާރުން ކުރިއަށްގެންދާ ހައުސިން އެއްވެސް މަޝްރޫއަކަށް ސިޔާސީ ނުވަތަ އެހެން އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ދާނީ އިންސާފުވެރިކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ފުލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފުލެޓް ދިނުމަށް މަސައްކަތް ކުރާނަން. އިތުރަށް ފުރުސަތު ހޯދަދައިނުމަށް ފުލެޓް އަޅައިގެން މި މަސައްކަތް ކުރަނީ،” ރައީސް

ހިޔާ ފުލެޓު ގެއްލުނު ފަރާތްތަކަށް މި ސަރުކާރުގެ ފުރަތަމަ މަޝްރޫއުން އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުވެސް ހުޅުމާލެއާއި ވިލިމާލޭގައި ގިނަ ހައުސިން މަޝްރޫއުތަކެއް ވަނީ ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް އަޅާ 3،260 ފުލެޓާއި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ތަރައްގީކުރާ 1،000 ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، ބީއެމްއެލްގެ ޔުނިޓުތަކުގެ އަދަދު 4،000 އަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައްޔިތުންގެ އަޑު: ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް ކުރިއަށް ގެންދަވައިފި

muiz

މޯލްޑިވްސް 2.0 މަޝްރޫއުގެ ތެރެއިން އައިޓީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިވާނެ: ރައީސް

minister shiyam

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން: ވަޒީރު