ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސިވިލާތުގެ އިލްމުވެރިޔާ އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުސް މިރޭ ގަލޮޅު މަދަރުސާގައި އޮންނާނެ

04
STO_Ads
TTH_Ads
Advertisement

އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ދުނިޔޭގެ މަޝްހޫރު ޒުވާން ދީނީ އިލްމުވެރިޔާ އުސްތާޒް އަބޫ ތައިމިއްޔާގެ ހާއްސަ ދަރުހެއް މިރޭ 20:30 ގައި ގަލޮޅު މަދަރުސާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސް ކުރިން ބޭއްވުމަށް އިއުލާނުކޮށްފައި އޮތީ ކިންގް ސަލްމާން މިސްކިތުގައެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން މިރޭ 20:30 ގައި މި ދަރުސް ކުރިއަށްދާނީ ގަލޮޅު މަދަރުސާގައެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި އަގުހުރި އިލްމީ ދަރުސް، ސަންގު ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުސްތާޒް އަބޫ ތައިމިއްޔާއަކީ ޒަމާނީ ވިސްނުމާއި ސައްހަ އިސްލާމީ ތައުލީމު ގުޅުވައިލައްވައިގެން މުޅި ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. ކީރިތި ގުރުއާނާއި ސުންނަތުގެ އަލީގައި ދެއްވާ އަސަރުގަދަ ނަސޭހަތްތަކާއި އިލްމީ ދަރުސްތަކުގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަންތައް ކުރިއަށްގެންދެވުމުގައި އުސްތާޒް ގެންގުޅުއްވާ ފަސޭހަ އަދި ޝައުގުވެރި އުސްލޫބުގެ ސަބަބުން، މިއަދު އޭނާ ވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ ނުފޫޒުގަދަ އެއް ދާއީއަށެވެ.

HajjCop_ads
Advertisement

އުސްތާޒް އަބޫ ތައިމިއްޔާ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވަނީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މަހަލްދީބު ފައުންޑޭޝަނުން “އެންލައިޓަން” ގެ ނަމުގައި އިންތިޒާމުކޮށްގެން އޮގަސްޓް 19 އިން 27 ގެ ނިޔަލަށް ކުރިއަށްގެންދާ ނުވަ ދުވަހުގެ ދީނީ އަދި ތައުލީމީ ޕްރޮގްރާމެއްގައެވެ. މި ދަތުރުފުޅުގެ ތެރޭގައި އާންމު ދަރުސްތަކާއި، ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ބާއްވާ ހާއްސަ ސެޝަންތަކާއި، ޒުވާނުންގެ ބައްދަލުވުންތަކާއި، އަންހެނުންނަށް ހާއްސަ ޕްރޮގްރާމަކާއި ހުކުރު ޚުތުބާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން ދިވެހި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، ޓީވީ އަދި ޕޮޑްކާސްޓް ރެކޯޑިންގްތައް މާލޭގައި ކުރިއަށްދާނެއެވެ.

މާލޭގެ ޕްރޮގްރާމްތަކަށްފަހު، އޮގަސްޓް 23 ގައި އުސްތާޛް އައްޑޫ ސިޓީއަށް ވަޑައިގެން އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުމާއި އާންމު ދަރުސެއް ދެއްވުން އޮންނާނެއެވެ. އަދި އޮގަސްޓް 25 ގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން، ދަރިވަރުންނާއި ޒުވާނުންނަށް ހާއްސަ ސެޝަންތަކަކާއި އާންމު ދަރުސެއް ދެއްވުމަށްވެސް ވަނީ ރޭވިފައެވެ. މި ހަރަކާތްތައް ކުރިއަށްދަނީ އިސްލާމިކް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީ، އައިޔޫއެމް، އެމްއެންޔޫ އަދި އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކުގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު