ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން: ވަޒީރު

minister shiyam
STO_Ads
TTH_Ads
Advertisement

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

“އާރުވެރި މެޖިންގ ގްރާންޓު” އިފްތިތާހް ކުރުމަށް މެންހަޓަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާ މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުރުމަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް އެއީ ހަމަ އެކަނި ސަރުކާރަކަށްވެސް ހައްލުކުރެވޭނެ ގޮންޖެހުންތަކެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ސިނާއަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާއިރު އެ މައްސަލަތައް ހައްލު ކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް،” ވަޒީރު

އަދި ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި ޕްރައިވެޓް ސެކްޓާއަށްވެސް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަމާޒަކަށްވީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާހައުލެއް އުފެއްދިގެން ގޮންޖެހުންތައް ހައްލު ކުރެވޭނެ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހަދަނީ

402165 3c4b2311 6

އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތާ ދުރުވެފައިތިބި އެތުލީޓުންނަށް އެކަނި

470179 5895ab1b 2

ޖެނެރޭޝަން ބޭން ތަންފީޒްކުރުން އިތުރަށް ހަރުދަނާކުރަނީ

ޓެކްނޮލޮޖީގެ އެހީގައި ޚިޔާލުތަކާއި ހައްލުތައް ބައިނަލްއަގުވާމީ ފެންވަރުގައި ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިވެފައި: ސާޖިދާ