ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދަނީ

TTH_Ads
STO_Ads
Advertisement

އއ. ހިމަންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ)އިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ، ގްރޮއިން ޕްރޮފައިލިންގްގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 19 އޮގަސްޓް 2025 ގައެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ.

HajjCop_ads
Advertisement

މި މަޝްރުއުގެ ދަށުން، 29,125.29 ކުއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 168 މީޓަރުގެ ހިލަ ނެރު ޖެހުމާއި، 104 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނެއެވެ.

މިއީ 27.51 ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، 910 މީހުން ދިރިއުޅެމުންދާ ހިމަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމުން، ހުޅަނގު މޫސުމުގެ ދުވަސްވަރު ދިމާވާ ދަތިތަކުގެ އިތުރުން ރަށަށް އުދައެރުމާއި ކުދި ޑިންގީ ފަހަރު ފަޅަށް ވަދެނިކުމެ ހެދުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެދެވޭ ހައްލެއް ފަހިވެގެންދާނެއެވެ.

އަހަރު 1980 ގައި ވުޖޫދަށް އައި އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ އެތައް މަޝްރޫޢެއް ފުރިހަމަކޮށްދީފައިވާ އިތުބާރުހުރި ކުންފުންޏެކެވެ. މީގެއިތުރުން، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގައިވެސް އެ ކުންފުނިން ވަނީ މުހިންމު ހިއްސާއެއް ވެދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 19 at 15.58.19

ހިމަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 08 19 at 09.30.49

ކުރިންބީ ސިއްހީ މަރުކަޒުގެ މަސައްކަތް ފެށިގެން ކުރިއަށް

މަސްވެރިކަމުގެ ސިނާޢަތާ ގުޅުންހުރި މަޝްރޫޢުތައް އަވަސްކުރަން މަޝްވަރާކުރައްވައިފި

ވެސްޓް ޕާކްގައި ފިޝިން ޕްލެޓްފޯމެއް ތަރައްގީކުރަން ރައްޔިތުންގެ ޚިޔާލު ހޯދަނީ