ޖަޕާނުގެ ޤައުމީ ޓީމުގެ ކީޕަރު ޒިއޮން ސުޒުކީ އެސްޓަން ވިލާއާ ގުޅިއްޖެއެވެ.
ސުޒުކީ މިހާރު ކުޅެމުންދަނީ އިޓާލިއަން ސެރީއާގެ ޕާމާއަށެވެ. އޭނާ ވިލާއަށް ސޮއިކުރީ 30 މިލިއަން ޕައުންޑަށެވެ.
މިހާރު ޢުމުރުން 23 އަހަރުގެ ކީޕަރު ވިލާއަށް ގެންގޮސްފައިމިވަނީ، ވިލާގެ އެއް ނަމްބަރު ކީޕަރ ކަމުގައިވާ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އިޓާލިއަން ސެރީއާގެ ޔުވެންޓަސް އަށް ބަދަލުވުމުގެ މަސައްކަތް ފެށުމުންނެވެ. ނަމަވެސް ދެ ކްލަބްގެ މެޗުގައި އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުމުން އެ ވިޔަފާރި އަދި ކުރިއަށް ނުދެއެވެ. ވިލާއަށް ޔުއޭފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދީފައިވާ މާޓިނޭޒްގެ މުސްތަގްބަލާމެދު މިހާރު މިވަނީ ސުވާލު އުފެދިގެން ގޮސްފައެވެ.

ވިލާއިން ދެކޭގޮތުގައި ދިގު މުއްދަތަކަށް ބަލާއިރު އެޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރަކަށް ވެގެންދާނީ ސުޒުކީއެވެ. މިގޮތުން ވިލާއިން ދެކޭގޮތުގައި ކުރިއަށް އޮތް ދިހަ އަހަރުވެސް އެޓީމުގެ ގޯލް ބެލެހެއްޓުމުގައި ސުޒުކީ ހުންނާނެއެވެ. ސުޒުކީ ވޭތުވެދިޔަ ދެސީޒަންގައި ޕާމާއަށް ވަނީ 59 މެޗު ކުޅެދިފައެވެ. މިދިޔަ ސީޒަންގައި ޕާމާ ލީގު ނިންމާލާފައިވަނީ 13 ވަނައިގައެވެ. ސުޒުކީގެ އިތުރުން ވިލާއިންވަނީ ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ އިޓަލީވިލާތުގެ މަޓިއޯ ރުޖޭރީވެސް އެޓީމަށް ގެންގޮސްފައެވެ. ރުޖޭރީ އެޓީމަށް ސޮއިކޮށްފައިވަނީ 17 މިލިއަން ޕައުންޑްގެ ފީ އަކަށެވެ. މިދެ ކުޅުންތެރިންނަށްވެސް ޕްރިމިއަރ ލީގުގައި މިއަންނަ އާދިއްތަ ދުވަހު ވިލާ ކުޅޭ ފުރަތަމަ މެޗުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.








ކިޔުންތެރިންގެ ހިޔާލު