އއ. ހިމަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ގްރޮއިން ޕްރޯފައިލިންގ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ހާމަކޮށްފިއެވެ.

މި މަޝްރޫއަކީ ހިމަންދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 24.54 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 43200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް މޫދަށް ފުރާނައި މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 110 މީޓަރުގެ ބޮޑުހިލައިގެ ރެވަޓްމެންޓަކާއި 235 މީޓަރުގެ ޖިއޯބޭގް ރެވަޓްމެންޓެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ހަމައެއާއެކު 240 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއަކާއި 20 މީޓަރުގެ ޖިއޯބޭގް ގްރޮއިންއެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތްތައް ނިމުމުން ހިމަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.