ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

Drugg
STO_Ads
TTH_Ads
Advertisement

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަތީ ޕޯސްޓުން ގެނެސްފައިވާ ޕެކޭޖެއް މިދިޔަ ހޮނިހިރު ދުވަހު ބަލައިފާސް ކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިބެލުމުން، ތިން ހާސް ދުއިސައްތަ ފަންސާސް ދެ ގްރާމްގެ ކެނަބިސް ފެނިފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް މިހާތަނަށް ފުލުހުންގެ ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

HajjCop_ads
Advertisement

ޕޯސްޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެފަދަ މައްސަލަތަކުގައި ޕެކޭޖާ ހަވާލުވާން ދާ މީހުން ހައްޔަރުކޮށް، މީގެ ކުރިން ޖަލު ހުކުމްވެސް ކޮށްފައިވެއެވެ.

ކަސްޓަމްސްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަ ޕެކޭޖުތައް އަބަދުވެސް ސްކޭން ކުރެއެވެ. އަދި ޝައްކު ކުރެވޭ ޕެކޭޖުތައް ވަކިން ބަހައްޓައިގެން އިތުރަށް ބަލައިފާސްކުރުމުގެ މަސައްކަތް އެ މުއައްސަސާއިން ކުރިއަށްގެންދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Geealaa

މުދާ އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމަކުން އެމްއޯއައިއެއްގައި ސޮއިކޮށްފި

customs

ކަސްޓަމްސްގެ އޮފިސަރުގެ ވަޒީފާއަށް 26 މީހުން ހޯދަން އިއުލާނުކޮށްފި

03

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނެބިސް ކަސްޓަމްސްއިން އަތުލައިގެންފި

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ