ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫއާރުއޭގެ ހިންގުން ހަރުދަނާކުރަން ބޯޑު މެންބަރުން އިތުރުކުރަނީ

TTH_Ads
STO_Ads
Advertisement

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ޤާނޫނަށް އިސްލާޙު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް” އިސްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ. މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން ބިލު ދިރާސާ ކުރުމަށްފަހު ނިންމާފައިވަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާޙުތަކާއެކު ބިލު ފާސްކުރަން ފެންނަ ކަމަށެވެ.

މި ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ، 11 އިސްލާޙެއް ހުށަހަޅުއްވާފައެވެ. މި އިސްލާޙުތައް ހުށަހަޅުއްވާފައިވަނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް ގެންނަން ނިންމަވާފައިވާ ބަދަލުތަކާ ގުޅޭގޮތުންނެވެ.

HajjCop_ads
Advertisement

ޤާނޫނު މިހާރު އޮތްގޮތުން އެ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ، 5 މެންބަރުންގެ މައްޗަށެވެ. މި ފަސް މެންބަރުންނަކީ، ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. ނަމަވެސް ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާފައިވަނީ، ބޯޑު މެންބަރުންގެ އަދަދު ޗީފް އެގްޒެކެޓިވްއާއެކު 7 މެންބަރުން އައްޔަން ކުރެއްވުމަށެވެ. އަދި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން ހުރިހާ މެންބަރުންނަކީ، ކަނޑައަޅާފައިވާ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެވޭނީ، 5 އަހަރު ދުވަހުގެ އެއް ދައުރަށް ކަމަށް މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އިސްލާޙުގައި ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަން ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތަށް އައްޔަން ކުރެވޭނީ، ބޯޑުން ވަކިކުރާ މެންބަރުން ނޫން އެހެން މެންބަރުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙުގައި ބޯޑުގެ ޖަލްސާގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓުލުމުގެ ޙައްޤު ލިބިގެން ނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާޙު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއެކު މިހާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގައި ތިއްބެވި މެންބަރުންގެ އިތުރަށް އެ ބޯޑަށް އައްޔަންކުރަންޖެހޭ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 61 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 6 މެންބަރަކު ވޯޓު ދެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

utility

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރަން ބޯޑު މެންބަރުން އިތުރުކުރަނީ