ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސްގެ ރައީސްކަމަށް ޑރ. އަސަދު

STO_Ads
TTH_Ads
Advertisement

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ) ގެ ރައީސްކަމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޑރ. އަސަދު މުހައްމަދު ޝަހީދު އިންތިހާބްވެވަޑައިގެންފިއެވެ.

މިކަން ފާހަގަކޮށް ސިއްހީ ވުޒާރާއިން ބުނީ ޑރ. އަސަދު މި މަގާމަށް އިންތިހާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، ހާއްސަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމެއްކަމަށެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމެއްކަމަށެވެ.

މި ލީޑަޝިޕް ދައުރުގެ ސަބަބުން ސަރަހައްދީ ތަމްރީނު ޕްރޮގްރާމްތަކާއި، ފަންނީ އެއްބާރުލުންދިނުމާއި، ދިރާސާކުރުމާއި، އަދި ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތަކަށް އެއްބާރުލުން ލިބޭނެ ކަމަށާއި ސާކްގެ މެންބަރު ގައުމުތަކުގައި ހުރި ފަންނީ ގާބިލުކަމާއި ވަސީލަތްތަކުގެ ބޭނުން ދިވެހިރާއްޖެއަށް ހިފުމުގެ މަގުތައް ފަހިވެގެންދާނެކަމަށް ވެސް ސިއްހީ ވުޒާރާއިން ބުންޏެވެ.

HajjCop_ads
Advertisement

މީގެ އިތުރަށް ގައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއާ ހިޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، އަދި ހާއްސަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވިދާނެކަމަށާއި ބައިނަލްއަގްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ވުޒާރާއިން ބުންޏެވެ.

ޑރ. އަސަދު މި މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ ދިވެހިރާއްޖެއިން ހާއްސަ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ގާބިލު ސިއްހީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ދެ އަހަރު ދުވަހުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްހީ ދާއިރާ ތަރައްޤީގީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު