ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއާ އަލަށް ހަވާލުކުރި ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށައިފި

HP3IGltaIAEocyw
STO_Ads
TTH_Ads
Advertisement

ސްޓެލްކޯގެ ދަށަށް ބަދަލުކުރި އިތުރު ރަށްރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ސަރުކާރުންވަނީ، ފެނަކައިގެ ދަށުން ޚިދުމަތް ދޭ ބ.އަތޮޅާއި، މ.އަތޮޅާއި، ޅ.އަތޮޅުގެ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކޮންމެ އަހަރަކުވެސް ބަޖެޓުކުރެވިގެން މުހިއްމު މަސައްކަތްތަކެއް ކުރާކަމަށެވެ. އެހެންކަމުން އަލަށް ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާ އަތޮޅުތަކުގެ ރަށްރަށުގެ ޚިދުމަތްތައްވެސް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

 ކޮންމެ އަހަރަކުވެސް ބަޖެޓު ކުރެވޭއިރު އެރަށަކާއި ގުޅެގޮތުން ބަޖެޓު ކުރެވިގެން މިކުރިއަށްދަނީ. ފަހުން ހަވާލުކުރި މި ތިން އަތޮޅުގެ ކަންކަން އިތުރު ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން އެބަކުރަން.

HajjCop_ads
Advertisement

ސްތެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

އަލަށް ހަވާލުކުރި 3 އަތޮޅުގެ ރަށްތަކާއެކު މިހާރު އެކުންފުނިން ދަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ 61 ރަށުގެ ޔޫޓިލިޓީގެ ޚިދުމަތް ދެމުންނެވެ. ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށް ރަށްރަށުގައި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމާއި، އިންޖީނުގެތައް އާބާތުރަފިލުވުމާއި، ތެޔޮ ހޮޅިތައް އެޅުމާއި، ޓޭންކު ބެހެއްޓުމުގެ ބޮޑެތި މަސައްކަތްތައް ކުންފުނީގެ ބަޖެޓުން ދަނީ ކުރަމުންނެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Ihsaan

މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ އިންވެސްޓްމެންޓެއް: ޑރ. އަޒުވަރު

stelco

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ލިބޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް އެޅުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި ފަށަނީ