ބ. ތުޅާދޫގައި އެމްޓީސީސީން އިމާރާތް ކުރަމުންދާ ސަގާފީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ފެށިގެން ކުރިއަށްއެބަދެއެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ޢިމާރާތްކުރުމުގެ މަސައްކަތްތައް އަންނަނީ ތާވަލާ އެއްގޮތަށް ކުރިއަށް ދަމުންނެވެ. މި ސަގާފީ މަރުކަޒަކީ ދިވެހިރާއްޖޭގެ ސަގާފީ މަސައްކަތްތަކާއި ދިވެހި އަތްކަން ރައްކާތެރިކޮށް އާލާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ތުޅާދޫގައި ގާއިމުކުރާ ދެ ބުރީގެ ސަގާފީ މަރުކަޒަކީ، އެ ރަށުގައި މަޝްހޫރު ލާފެންކުރުމުގެ މަސައްކަތާއި އެހެނިހެން ސަގާފީ އަތްކަންތައް ދަސްކޮށްދީ، އެފަދަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ބިނާކުރާ ތަނެކެވެ. މީގެ އިތުރުން، މި މަރުކަޒުގައި ސަގާފީ ހަރަކާތްތައް ބޭއްވުމަށް ޚާއްޞަ ޖާގަތަކާއި އާންމުންނަށް ޚިދުމަތްދޭނެ ވަސީލަތްތައް ހިމެނޭނެއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ނިމި، ކުރިއަށް އޮތް ތަނުގައި ދެން ކުރިއަށްދާނީ އިމާރާތުގެ ކޮންކްރީޓް އޮކްޓްރަކްޗާގެ ބާކީ މަސައްކަތްތަކާއި ރޭނުމުގެ މަސައްކަތްތަކެވެ.








ކިޔުންތެރިންގެ ހިޔާލު