ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިޔުއެސްސީގެ އިސްވެރިންނަށް ޚާއްޞަ ލީޑާޝިޕް ވޯކްޝޮޕެއް ގިރިފުށީގައި އެމްއެންޑީއެފުން ބާއްވައިފި

MNDF
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ރޫޙު އާލާކުރުމުގެ ގޮތުން އެމްއެންޑީއެފާ ގުޅިގެން ކ. ގިރިފުށީގައި ދެ ދުވަހާއި ބައިގެ މުއްދަތަށް ކުރިއަށްގެންދިޔަ ޚާއްޞަ ލީޑަރޝިޕް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކުންފުނީގެ އެކި ޑިވިޜަންތަކާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ހިމެނޭހެން 39އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިކޮށްގެން، މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ އެކުވެރި ލީޑަރޝިޕް ކަލްޗަރއެއް ބިނާކުރުމަށް އިންތިޒާމުކުރި ހަރަކާތެކެވެ.

ވޯކްޝޮޕްގެ ތެރޭގައި ނިންމުންތައް ނިންމުމުގެ ހުނަރާއި ކުއްލި ޙާލަތްތައް މެނޭޖްކުރުމަށް ބޭނުންވާ ޢަމަލީ ތަމްރީނުތަކާއި، ސްޓްރެޓީޖިކް ވިސްނުން ހަރުދަނާކުރުމުގެ ފުރުޞަތުތައް ބައިވެރިންނަށް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަށް އިސްކަންދީގެން ފަސްޓް އެއިޑާއި އަލިފާން ނިއްވުމުގެ ތަމްރީނުތަކުގެ އިތުރުން އެމްއެންޑީއެފްގެ އޮބްސްޓެކަލް ކޯސްތަކާއި ކަނޑުމަތީގެ ކުއްލި ޙާލަތްތަކުން ސަލާމަތްވުމުގެ ޑްރިލްތައްވެސް ކުރިއަށްގެންދިޔައެވެ.

HajjCop_ads
Advertisement

މި ހަރަކާތާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމަށް ޝުކުރު އަދާކުރައްވަމުން، މިނިސްޓަރ އޮފް ޑިފެންސާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވި އެއްބާރުލެއްވުމަށް މެނޭޖިން ޑިރެކްޓަރު ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MWSC

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމާ ކެއާ ސެންޓަރުގެ އައު ހޮޓްލައިން ނަންބަރު 1575 ތައާރަފްކޮށްފި

MWSC

ފެން ހޮޅިތަކުން ދިމާވާ ކުދި ލީކުތައް އަވަހަށް ރަނގަޅުކުރުމަށް އެމްޑަބްލިޔުއެސްސީން އިލްތިމާސްކޮށްފި

މުއާޒު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފި

MWSC

މާލޭގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ