ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރަކަށް ޖަމީލާ

jameela ali
STO_Ads
TTH_Ads
Advertisement

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.

ޖަމީލާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އިއްވަވާފައެވެ.

އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް ޖަމީލާގެ ނަން ހުށަހަޅުއްވާ ކަމަށެވެ.

HajjCop_ads
Advertisement

ރިޔާސަތުން ވަނީ ޖަމީލާގެ ނަންފުޅު ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ޖަމީލާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. މީގެ އިތުރަށް ޖަމީލާ ވަނީ ދައުލަތުގެ މީޑިއާގައި ވެސް ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތޯރިގާއި އާދަމް ޝަރީފް ސަފީރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފަށް، ކޮމިޓީގެ ރުހުންދީފި

majilis

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި

ސަލްމާގެ ވަޒީފާ އަލުން އިއާދަ ކޮށްދީފި