ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް، ކަށިމާ ޝާކިރަށް އަރުވައިފި

Cf7e0b0d 1f09 4a73 9efe 8cf2483a9195
STO_Ads
TTH_Ads
Advertisement

އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް “ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ލަޤަބް” (ނ.ދ.ޝ.ޢ) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. މިއީ މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

ކަށިމާ ޝާކިރަކީ މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ އިސް މަޤާމުތަކާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން ކުރައްވާފައިވެއެވެ. އަދި ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރއެއްގެ މަޤާމުވެސް ފުރުއްވިއެވެ.

ދިވެހި އަދަބިއްޔާތާއި، ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ކަށިމާ ޝާކިރު ވަނީ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން “ޣާޒީ ބަންޑާރައިން”، “ދޮންހިޔަލައާއި އަލިފުޅު” ފަދަ މަޝްހޫރު ތަމްސީލުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި، ތަރިން ތަމްރީނުކުރައްވާފައެވެ. މީގެއިތުރުން “ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ” ސީރީޒް ހިމެނޭހެން ތާރީޚީ އެތައް ފޮތެއް ލިޔުއްވާފައިވެއެވެ.

HajjCop_ads
Advertisement

ޢުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރެއްވި ކަށިމާ ޝާކިރަށް ވަނީ ކުރިން ޤައުމީ އިނާމާއި، “ޙަސަން ތާޖުއްދީން އެވޯޑް” ގެ އިތުރުން 2025 ގެ ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ އެވޯޑު ލިބިވަޑައިގެންފައެވެ. އެމަނިކުފާނަކީ މިހާރު ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ތާރީޚުގެ އިސްވާރު އަދި ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު