ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާގެ ސަޕޯޓް ލިބޭ، ތިލަމާލެ ބްރިޖު މަޝްރޫޢު ހަލުވި ކުރެވިއްޖެ: ރައީސް

STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި އިންޑިޔާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު ނަގައިގެން ފެށި މަޝްރޫއު ނިންމުމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޯންސް ކުންފުނިން އެކިފަހަރު ދެމުން އަންނަނީ އެކި މުހުލަތެވެ. މަޝްރޫއުގެ މަސައްކަތް ހިނގަމުންދާ ދުވެލި ހަލުއިކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ލައިން އޮފް ކްރެޑިޓަށް ކުރީ ސަރުކާރުން އިތުރުކުރިއެވެ.

ނަމަވެސް އެކަށީގެންވާ ދުވެލީގައި އެ މަޝްރޫއުގެ މަސައްކަތް ނުދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ކުރިން އޮތީ މި އަހަރުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމަށްފަހު 2027 ވަނަ އަހަރު ނިމުމުގެ ކުރިން ގުޅިފަޅާއި ތިލަފުށި ގުޅުވައިލުމުގެ މަސައްކަތް ނިންމާ ގޮތަށެވެ.

HajjCop_ads
Advertisement

ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢު އަކީ ކުރީ ސަރުކާރުގައި ހަމަޖެހި ފެށުނު މަޝްރޫއުއެއް ނަމަވެސް ދެ އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.

“އަޅުގަނޑުމެންނަށް މި މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުވެގެންދިޔައިރު, މާލެއާ ވިލިގިއްޔާ ދޭތެރޭ މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ [ކުރެވިފައި] ތަނބުތަކެއް ޖެހި އެކަހަލަ ކަންތައްތަކެއްވެސް ކުރެވިފައެއް ނެތް,”

ރައީސް ވިދާޅުވީ މިއީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ވެސް ދެންނެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަކަށް އެ މަޝްރޫއު ނިންމަން ކަމަށާ އެކަމަށް އިންޑިއާ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ދެ ޤައުމުގެ މެދުގައި އޮތް ޚާއްސަ ގުޅުމާއެކު ތިލަމާލެ ބްރިޖް މަޝްރޫޢު ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ތިލަމާލެ ބްރިޖުގެ އޮނިގަނޑު ނިމި މާލެއާ ވިލިމާލެ ގުޅާލަނީ

ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ތަނބު ތިލަމާލެ ބްރިޖުގައި