ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައުލީމީ ފީތައް ދެއްކުމުގައި ދަތިވާ ނަމަ، ބޭންކަށް ހުށަހެޅުމަށް ބީއެމްއެލްއިން އެދިއްޖެ

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Advertisement

ބޭރުގެ އެކި އިމްތިހާންތަކުގެ ފީ ދެއްކުމާއި ތައުލީމީ ހިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވާ ނަމަ، އެ މުއާމަލާތުގެ ތަފުސީލު ހިއްސާކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެދިއްޖެއެވެ.

ބީއެމްއެލުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އޮންލައިންކޮށް ކުރާ ބައެއް މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ތައުލީމީ، ސިއްހީ އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ކުރާ ހަރަދުތަކަށް އެ ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި މުއާމަލާތްތައް ޑިކްލައިންވާކަން ފާހަގަކުރެވިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

HajjCop_ads
Advertisement

އެކަން ދިމާވާ ސަބަބާ ގުޅޭގޮތުން ބޭންކުން ބުނީ، އައިއީއެލްޓީއެސް (IELTS) ފަދަ ތައުލީމީ އިމްތިހާންތަކަށް ފައިސާ ދައްކާއިރު، އެ މުއާމަލާތް ހިނގަނީ ތައުލީމީ ދާއިރާގެ މާޗަންޓް ކޯޑުގެ ދަށުން ނޫންކަން ނުވަތަ ވަކި ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑެއްގެ ދަށުންކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ ސަބަބުން ސިސްޓަމުން އެއީ ތައުލީމީ މުއާމަލާތެއްކަން ދެނެގަތުމަށް ހުރަސް އެޅި، ޕޭމަންޓް ކެންސަލްވަނީކަމަށް ބީއެމްއެލުން ބުންޏެވެ.

އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އެ މުއާމަލާތުގެ ތަފުސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުއާމަލާތް މުރާޖައާކޮށް، އެ ސައިޓަކުން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

ކިޔަވާ ކުދިންނާއި އާންމުންގެ އަސާސީ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ އެ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

އެހެންކަމުން އެފަދަ މައްސަލަތައް ހައްލުކޮށްދިނުމުގައި ބޭންކުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދޭކަމަށް ބީއެމްއެލުން ބުންޏެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 13 at 11.36.40

ބީއެމްއެލް ބޭންކު ފަންޑު 5 ޖަމުޢިއްޔާއަކަށް

bml

ބީއެމްއެލްއިން ޓީޓީތަކަށް ޑޮލަރު ދޫކުރާ މިންވަރު ތިން ހަފުތާއަށް އިތުރުކޮށްފި

WhatsApp Image 2026 08 11 at 19.13.06

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ހިންގި އިޖުތިމާއީ ހަތް މަޝްރޫއެއް ނިންމާލައިފި

bml

ބީއެމްއެލްއިން ދުވާލަކު 2.7 މިލިއަން ޑޮލަރު ދޫކުރޭ