ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަލީގާގެ އައު ސީޒަންގެ ފެށުން މާދަމާރޭ، ފުރަތަމަ ހަފްތާ ބާސާއާއި ރެއާލް ނުފެންނާނެ

UEG6OOKE55JFLO66R2XCMJCRWM
STO_Ads
TTH_Ads
Advertisement

ސްޕެނިޝް ލަލީގާގެ އައު ސީޒަން މާދަމާ ރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އައު ސީޒަން ފެށިނަމަވެސް ފުރަތަމަ ހަފްތާގައި ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފެނިގެނެއް ނުދާނެއެވެ.

ލަލީގާގެ އައު ސީޒަނާއި ކުރިމަތިލާއިރު މިފަހަރުވެސް އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނީ ބާސާ އާއި ރެއާލްގެ މެދުގައިކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. މިފަހަރުގެ މުބާރާތާއި ޗެމްޕިއަން ބާސާއިން ކުރިމަތިލަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލަލީގާގެ ތަށި އުފުލާލުމުގެ އުންމީދާއެކުއެވެ. ބާސާއިންވަނީ ވޭތިވެދިޔަ ދެސީޒަންގައިވެސް ލަލީގާ ކާމިޔާބު ކޮށްފައެވެ. ބާސާގެ މިމަސައްކަތަށް ހުރަސް އެޅުވުމުގެ ބޭނުމުގައި ރެއާލް އިންވަނީ އެޓީމުގެ ކޯޗަކަށް މިސީޒަންގައި ތަޖްރިބާކު ހޯސޭ މޮރީނިއޯ ގެންގޮސްފައެވެ. އަދި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއްވެސް އެޓީމަށް ގެންގޮސްފައިވެއެވެ. ރެއާލްއިން ވަނީ ލީގު ތަށި ކާމިޔާބު ނުކުރެވި ދެ ސީޒަން ގޮސްފައިވުމުގެ ސަބަބުން މިކަން ބަދަލު ކުރުމަށް މިފަހަރު އަޒުމް ކަނޑައަޅައިފައެވެ.

HajjCop_ads
Advertisement

އައު ސީޒަނަށް ވަރަށް ފޯރިއާއެކު މިހާރު ތައްޔާރުވަމުންދިޔަ ނަމަވެސް ލަލީގާގެ ފުރަތަމަ ހަފްތާގައި މިދެޓީމު ވާދަނުކުރާ ގޮތަށް ލީގުން ވަނީ ހަދައިދީފައެވެ.

މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވީ މިދެޓީމަށް ނިސްބަތްވާ ގިނަަ ކުޅުންތެރިންތަކެއް ވޯލްޑް ކަޕްގެ ފަހުގެ މަރުހަލާތަކުގައި ވާދަކޮށްފައިވުމެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އުފުލާލި ސްޕެއިން ޓީމުގެ 8 ކުޅުންތެރިން ބާސާ ޓީމަށް ނިސްބަތްވެއެވެ. އަދި ރެއާލް އަށް ބަލާލާއިރު އެޓީމުގައިވެސް ސެމީ ފައިނަލަށް ދަތުރުކުރި ފަރަންސޭސި ޓީމަށް ނިސްބަތްވާ ކުޅުންތެރިންގެ އިތުރުން އިންގްލަންޑާއި ސްޕެއިން ޓީމުން ފެނިގެންދިޔަ ކުޅުންތެރިން ހިމެނެއެވެ.

މިއާއެކު ބާސާއިން ލަލީގާގައި ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެލްޗޭ އާއި ދެކޮޅަށެވެ. އަދި ރެއާލް ނިކުންނާނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެންޕަންޔޯލް އާއި ދެކޮޅަށެވެ.

އައު ސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އަލަވޭޒް އާއި ގެޓާފޭއެވެ. މީގެއިތުރުން އާދިއްތަ، ހޯމަ އަދި ބުދަދުވަހާއެކު ފުރަތަމަ ހަފްތާގެ އިތުރު 6 މެޗު ކުޅުމަށް ހަމަޖެހިފައިވެެެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

469260 889edeab b

2027 ވަނަ އަހަރަކީ އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ނިމޭނެ އަހަރު: ރައީސް

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

HPrAJ6fbUAAPQ2d

މަސްވެރިންގެ ޕާކް ސަރަހައްދުގައި ޤާއިމްކުރާ ޕަމްޕު ސްޓޭޝަން ކޮމިޝަންކޮށްފި

BeFunky collage (2)

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި