ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން: ރައީސް

muiz
STO_Ads
TTH_Ads
Advertisement

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފެއްޓެވި “ރައްޔިތުންގެ އަޑު” ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ބައިވެރިވި ބައެއް ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު އެވެ.

ގިނަ ރައްޔިތުން ފާހަގަ ކުރެއްވީ ބޯހިޔާވަހިކަމަށް އޮތް ގޮންޖެހުމެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ސިޔާސަތު ކަމަށެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިތުރު ފްލެޓް އެޅޭނެ ގޮތްތަކެއް ދަނީ ބަލަމުން ކަމަށެވެ.

HajjCop_ads
Advertisement

“އިތުރު ފްލެޓް އެޅޭތޯ މި ބަލަނީ،” ރައީސް ވިދާޅުވި އެވެ.

ރައީސް ކުރީން ވެސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވަޢުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަން ފާހަގަ ކުރެއްްވި އެވެ. އެގޮތުން މާލޭ ސަރަޙައްދުގައި 4,000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށިފައިވާ ކަމުގައި ވިދާޅުވި އެވެ.

އަދި 15 ރަށެއްގައި ހައުސިން މަޝްރޫޢުތައް ފެށިފައިވާ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެށި ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފައްޓަވާފައިވާ ކަމަށެވެ. އަމާޒަކީ އެ މަޝްރޫޢުތައް ދައުރުގެ ތެރޭގައި ނިންމަވާ މައްސަލައަށް ޙައްލެއް ގެނައުން ކަމުގައި ވިދާޅުވި އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

BeFunky collage (2)

ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައްޔިތުންގެ އަޑު: ސިލްސިލާގެ ބައްދަލުވުންތައް ފައްޓަވައިފި

muiz

ރައްޔިތުންގެ އަޑު: އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފި

Original

ޤައުމީ ދުވަހުގެ ޖަލްސާގައި ޝަރަފުވެރިކަމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވާނެ