ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ އަޑު: އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފި

muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ތެރެއިން އިތުރު ދާއިރާތަކެއްގެ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައްވައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު އޮތީ ކުރީން ހުޅުވާލާފަ އެވެ.

މިއަދު ވަނީ އިތުރު ދާއިރާތަކަކަށް ފުރުސަތު ހުޅުވާލާފަ އެވެ. ގެޒެޓްގައި އާންމުކުރި ޢިއުލާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

HajjCop_ads
Advertisement

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވައިލައްވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށްނިސްބަތްވާ ރައްޔިތުންނަށެވެ.

“ރައްޔިތުންގެ އަޑު” ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް

https://rayyithungeadu.presidency.gov.mv

/މެދުވެރިކުރައްވައި 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފަ އެވެ.

“ރައްޔިތުންގެ އަޑު” ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

ދަރިވަރުންގެ ކުރިމަގު ކަނޑައަޅާ މަރުހަލާއަކީ މަތީ ސާނަވީ އިމްތިހާނު: ރައީސް

473830 7118be98 6

އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ: ރައީސް

muiz departure

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

473841 0a98b3db 4

20 އަހަރުގެ މާސްޓަރޕްލޭން، ޤާނޫނީގޮތުން ހިމާޔަތްކުރުމަށް މަސައްކަތްތަކެއް ދަނީކުރެވެމުން: ރައީސް