ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިދިކޮޅު ފަރާތްތަކުން ޑޮލަރު ތާށިކަމަށް ބުނެ ވާހަކަދައްކަނީ މުޒާހަރާއަށް މީހުން ނެރުމަށް: އިކޮނޮމިކް މިނިސްޓަރު

Saeed
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ ތާށިކަން އޮތް ކަމަށް ބުނެ ވާހަކަދައްކަނީ ސިޔާސީ ބޭނުމުގައި މުޒާހަރާއަށް މީހުން ޖަމާކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މީސްމީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރު ތާށިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރަށް އިތުރު ހިތްވަރެއް ލިބި، ގައުމީ އިގުތިޞާދަށް ނުރައްކާތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެ މޭރުމުން ވާހަކަދެއްކުމުގެ އަސާސީ މަގުސަދަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނެރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ވާހަކަތައް މިނިސްޓަރު ދެއްކެވީ އިދިކޮޅު އެމްޑީޕީން ‘ދަތިވެއްޖެ’ ނަމުގައި މަގުމަތީ މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

HajjCop_ads
Advertisement

ގާތްގަނޑަކަށް ދިހަ މިނެޓުގެ އެ ވީޑިއޯ މެސެޖުގައި މިނިސްޓަރު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އިގުތިޞާދީ އަދި ޑޮލަރުގެ ހާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެމްއެމްއޭއާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވިޔަފާރިތަކަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަދި ބޭސްފަރުވާއަށް ފުރާ މީހުންނަށް ކުރިން ދޫނުކުރާ މިންވަރަށް މިހާރު ޑޮލަރު ދޫކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވައްދައި ބޭރުގައި ވިއްކާތީ ކަމަށާއި، އެ ކަމަށް ހިތްވަރު ލިބެނީ ސިޔާސީ އިސް ބޭފުޅުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ.

ކުރިއަށް އޮތް ދިހަ ދުވަސް ތެރޭގައި ޑޮލަރުގެ އަގު ނަވާރަ ރުފިޔާއަށް ކުޑަކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށްވެސް މިނިސްޓަރު ރައްދުދެއްވިއެވެ. ނަޝީދުގެ ވެރިކަމުގައި ޑޮލަރު ނުލިބިގެން ކިޔޫ ދަމާލަންޖެހުނު ހާލަތާއި، އެ ވެރިކަން ނިމުނުއިރު ޑޮލަރުގެ އަގު ސަތާރަ ރުފިޔާއަށް އުފުލިގެންދިޔަ ކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ތަކެތީގެ އަގު އުފުލޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ދޫކޮށްލި ހާދިސާއަށްވެސް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. ގައުމުގެ އިގުތިޞާދަށް ގެއްލުންވާ ފަދަ ސިޔާސީ ވާހަކަތައް ނުދެއްކެވުމަށް މިނިސްޓަރު ސައީދު ވަނީ އިދިކޮޅު ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ: ސައީދު

367637 c81b0517 b

ގައުމު ބަނގުރޫޓުވާން އެދޭ ބަޔަކު ތިބުމުން ކަންބޮޑުވޭ: މިނިސްޓަރު ސައީދު

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!