ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްވިން އޮޓަރގެ އެންމެ ފަހުގެ ބޯޓު ގެންނަ ފުރަތަމަ ދިވެހި ކުންފުންޏަކީ މޯލްޑިވިއަން

Hassan
TTH_Ads
STO_Ads
Maldivian_Ads
Advertisement

އެންމެ ފަހުގެ ޖެނެރޭޝަންގެ ޓްވިން އޮޓަރ ކްލެސިކް 300 ޖީގެ ދެ މަތިންދާބޯޓު ގެނައުމަށް އޯޑަރުކުރި ފުރަތަމަ ދިވެހި އެއަރލައިނަކީ މޯލްޑިވިއަން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާއެކު ދެ މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން މޯލްޑިވިއަންގެ ޓްވިން އޮޓަރ ފްލީޓަށް އިތުރު މަތިންދާބޯޓު އިތުރުކުރެވޭ ފުރަތަމަ ފަހަރެވެ.

އިބްރާހިމް އިޔާސް ފާހަގަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު އެންމެ ދެ ބޯޓުން ފެށި މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ވަނީ މިއަދު ފަތުރުވެރިކަމުގެ ދާއިރާގެ ވަރުގަދަ ބައިވެރިއަކަށް ބަދަލުވެފައެވެ. އެ ކުންފުނީގެ ސީޕްލޭން ފްލީޓުގައި މިހާރު 11 ޓްވިން އޮޓަރ މަތިންދާބޯޓު އޮތްއިރު، ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް އިތުބާރުހުރި ޚިދުމަތެއް ކެނޑިނޭޅި ފޯރުކޮށްދެމުންދެއެވެ.

HajjCop_ads
Advertisement

އަދި މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ފުރޮޅުލީ ޓްވިން އޮޓަރ މަތިންދާބޯޓުގައި ޝެޑިއުލް ކޮމާޝަލް ދަތުރުތައް ރާއްޖޭގައި ފެށި ފުރަތަމަ އެއަރލައިނަކީވެސް މޯލްޑިވިއަންކަން މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ. މި އާ މަތިންދާބޯޓުތައް ފްލީޓަށް އިތުރުކުރުމުގެ އެއްބަސްވުމަކީ ޤައުމީ އެއަރލައިންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށް ކުރެވޭ ތާރީޚީ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިބްރާހިމް އިޔާސް އިތުރަށް ވިދާޅުވީ، ޓްވިން އޮޓަރ ކްލެސިކް 300 ޖީ މަތިންދާބޯޓަކީ ރާއްޖޭގެ ތިމާވެއްޓާއި މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ބޯޓެއްކަމުން ކުރިން ގެނެވުނު މިފަދަ ބޯޓުތަކަށް ގެންނަންޖެހޭ ބަދަލުތައް މި ބޯޓަށް ގެންނަން ނުޖެހޭނެ ކަމަށެވެ. މީގެއިތުރުން، މި އެއްބަސްވުމަކީ އައިލެންޑް އޭވިއޭޝަނާއި ކެނެޑާގެ ޑީ ހެވިލިއަން ކުންފުންޏާ ދެމެދު އޮތް ދިގުދެމިގެންވާ ބަދަހި ގުޅުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް ބެންކޮކަށް

88887

މޯލްޑިވިއަންއިން ކުޑަހުވަދުއަށް ޓިކެޓް ވިއްކަނީ، ކޮޅަކަށް 1,111 ރުފިޔާ

Maldivian

ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި

WhatsApp Image 2026 08 16 at 19.31.51

މޯލްޑިވިއަނުން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކާއެކު “ޖާނީޕްލަސް” ހިދުމަތް ތައާރަފުކޮށްފި