ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ނިޔަލަށް އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރެވޭނެ: ވަޒީރު ސަޢީދު

WhatsApp Image 2026 08 11 at 02.30.08 (1)
STO_Ads
Maldivian_Ads
TTH_Ads
Advertisement

މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި “އިޤްތިޞާދުގެ ދެފަރާތް” ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސްގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ޒުވާނުންނަށް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށާއި، ޑިޖިޓަލް އިޤްތިޞާދުގެ ތެރެއަށް ރާއްޖެ ވެއްދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން ދުނިޔޭގެ ނަންމަޝްހޫރު ޕްލެޓްފޯމްތަކާއެކު ގުޅުން ބަދަހިކުރަން ފަށާފައިވާކަމަށާއި، ‘އޮތެންޓިކް މޯލްޑިވްސް’ މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި 400 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން މިހާރު ލިސްޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

އިންޑިއާއާއެކު ކުރިއަށްދާ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް އިންޑިއާގެ ބޮޑު މާކެޓުން ފުރުޞަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އިންޑިއާއަކީ މައުލޫމާތު ތަންކޮޅީގެ ނިއުޓްރަލް އައިޓީއާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކަށްވާއިރު، ސޮފްޓްވެއަރއާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް އެ ޤައުމުން ބ

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

367637 c81b0517 b

ގައުމު ބަނގުރޫޓުވާން އެދޭ ބަޔަކު ތިބުމުން ކަންބޮޑުވޭ: މިނިސްޓަރު ސައީދު

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

Saeed

ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އިންވެސްޓަރުން ގެނައުމަށް އޮނިގަނޑުތައް ހަރުދަނާކުރުން މުހިންމު: ސައީދު