ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދޭ ‘މައި ކެރިއަރ ޕޯޓަލް’ އިފްތިތާޙުކޮށްފި

Ihsaan
STO_Ads
TTH_Ads
Advertisement

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ ‘މައި ކެރިއަރ ޕޯޓަލް’ ދާޚިލީ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ނޭޝަނަލް ކެރިއަރސް ސަރވިސްއިން ތަރައްޤީކުރި މި ޕޯޓަލްއަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ތަރުތީބުކޮށް، ވަޒީފާ ހޯދާ ފަރާތްތަކަށް ހަލުވި އަދި ޒަމާނީ ހައްލުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު ނިޒާމެކެވެ.

މި ޕޯޓަލްގެ ފައިސާގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ސެއިލްސް ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕޯޓަލް މެދުވެރިކޮށް ތަމްރީނު ލިބިފައިވާ ކައުންސިލަރުންގެ އިރުޝާދު ލިބުމުގެ އިތުރުން، ކެރިއަރުގެ ދުރު ރާސްތާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަގުޗާޓެއް ކުރެހުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ބޭނުންކުރާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އެއް ތަނަކުން ބެލޭނެ ޗާޓެއް ތައްޔާރުކުރުމާއި، އެފަރާތެއްގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހެޅޭނެ ނިޒާމެއް ވެސް މި ޕޯޓަލްގައި ވަނީ ހިމަނައިފައެވެ.

ޕޯޓަލް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ، ވަޒީފާގެ ބާޒާރު ތަރުތީބުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ވުޒާރާއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން މިއަދު އިފްތިތާޙުކުރެވުނު ‘މައި ކެރިއަރ ޕޯޓަލް’ އަކީ ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ސޮލިއުޝަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މޯލްޑިވްސް 2.0 ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕޯޓަލްގެ ޚިދުމަތް މިހާރު www.mycareer.gov.mv މެދުވެރިކޮށް އާންމުންނަށް ލިބެން ހުންނާނެއެވެ.

MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ