ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

8 ދުވަސްތެރޭ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

tourist arrival
TTH_Ads
STO_Ads
Advertisement

މި ހިނގާ އޮގަސްޓުމަހުގެ ފުރަތަމަ 8 ދުވަސްތެރޭގައި ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 55،834 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،275 ފަތުރުވެރިންނާ އަޅާ ބަލާއިރު %5.6 އިތުރު އަދަދެކެވެ. ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބެން ފަށާފައިވާއިރު، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ.

މޭ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް %1.7 ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %12 ވަނީ ދަށްވެފައެވެ. އަދި ޖުލައި މަހު %1.9 ވަނީ ދަށްވެފައެވެ. އޮގަސްޓުމަސް ފެށިގެން މިދިޔައީ އުއްމީދީ ނަމްބަރުތަކަކާއެކުއެވެ. މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މިދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 7،879 ފަތުރުވެރިން އައިސްފައެވެ.

HajjCop_ads
Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.3 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު، %4.1 ދަށް އަދަދެކެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 939,559 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 287,371 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓެލްތަކުގައި 30,395 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,235 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big ojoHVrccRgzA9hVc8b7WLJLJX

ރިސޯޓުތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން

Resorts

6 އަތޮޅަކުން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބިޑަށް ހުޅުވާލައިފި

tourists

އިނގިރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ލައްކައަކާ ގާތަށް

Big nMUjp8rRkhOmL62i1p9dYs8ip

ގެސްޓުހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ޗައިނާއާއި އިޓަލީގެ ފަތުރުވެރިން