ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

788
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޕޯލޯ ޓަވަރުގެ ހަވަނަ ފަންގިފިލާގެ ބެލްކަނީން ވެއްޓުނު އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު ހަތަރެއް ސާޅީސް ފަސް ހާއިރު، އެ އިމާރާތުގެ ހަވަނަ ފަންގިފިލާގެ ބެލްކަނީން އެ ކުއްޖާ ދެވަނަ ފަންގިފިލާގެ ބެލްކަނީގެ ފުރާޅުމައްޗަށް ވެއްޓިގެންނެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އެ ކުއްޖާގެ އެއް އަތާއި ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

HajjCop_ads
Advertisement

މި ހާދިސާ ހިނގި ވަގުތު އެ މަންޒަރު ފެނުނު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ދެވަނަ ފަންގިފިލާގެ ފުރާޅު އެތަނުގައި ނެތްނަމަ ކުއްޖާއަށް ލިބޭނެ އަނިޔާ މާ ބޮޑުވާނެ ކަމަށެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރި އެންމެ ބިރުވެރި ވަގުތުކޮޅު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، މަންޒަރު ދުށް ފަރާތުން ވަނީ ކުޑަކުދިންގެ މިފަދަ ކަންކަމުގައި ބެލެނިވެރިން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައެވެ. މާލެއާއި ހުޅުމާލޭގެ އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓޭ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވާއިރު، ބައެއް ހާދިސާތަކުގައި ކުދިންގެ ފުރާނަވެސް ގޮސްފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Hulhumale

ނަފްސާނީ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި