ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަން ރުފިޔާ ފޭރިގެންފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 11.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި- ސްކޭމް ސެންޓަރުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ސެންޓަރުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް މަކާރާއި ހީލަތުގެ 1258 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 605 މައްސަލައެއްގައި ގެއްލުނު ފައިސާ އެއްކޮށް ހޯދާފައިވާއިރު 240 މައްސަލައެއްގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފައެވެ.

މި މައްސަލަތަކުގައި 11،532،211.09 (އެގާރަ މިލިއަން ފަސް ލައްކަ ބައްތިރީސް ހާސް ދުއިސައްތަ އެގާރަ ރުފިޔާ ނުވަ ލާރި) ގެއްލުންކަމަށް ހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން ހޯދިފައިވަނީ 4،487،059.11 (ހަތަރު މިލިއަން ހަތަރު ލައްކަ އައްޑިހަ ހަތް ހާސް ފަންސާސް ނުވަ ރުފިޔާ އެގާރަ ލާރި) އެވެ.

HajjCop_ads
Advertisement

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް)ގެ މައްސަލަތަކެވެ. އެބާވަތުގެ 685 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big Fs1jyXXefWFYpuAkCSIPTatb1

މީހުން ޓްރެފިކްކުރުމުގެ ތަހުގީގު ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

Qw

ފުލިދޫގައި ބޭއްވި މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި އަންހެނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފި

Img md 202609221225001790061900.4031

މަސްތުވާތަކެތި ވިއްކައިގެން ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި