ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރަންލާރި އެވޯޑް 20 ފަރާތަކަށް ދީފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ދައުލަތައް އެންމެ ގިނަ އަދަދަކަށް ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން “ރަންލާރި” އެވޯޑް 20 ފަރާތަކަށް ދީފިއެވެ. މީރާއިން މި އެވޯޑް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

މި އެވޯޑް ދީފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ. ރަންލާރި އެވޯޑަކީ ޓެކްސްއާއިގުޅޭ އެންމެ ގިނަ އިލްތިޒާމްތައް ފުރިހަމަކޮށް އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް މީރާއިންދޭ އެވޯޑެކެވެ. މީރާގެ ރަންލާރި އެވޯޑް 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ދީފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޖީ.އެސްޓީ އާއި ގްރީން ޓެކްސް ރިސޯޓްތަކުގެ ގިންތީން 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. އަދި 151 އެނދާއި 250 އެނދުގެ ގިންތީން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހާސިލްކުރިއިރު 250 އެނދަށްވުރެ ގިނައިން އެނދުހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިއަށެވެ.

HajjCop_ads
Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާ ގްރީން ޓެކްސް ޓޫރިސްޓް ހޮޓާ ގިންތިން ލިބިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްއަށެވެ. ޓޫރިސްޓް ގެސްޓްހައުސް ގިންތިން އެވޯޑް ލިބިފައިވަނީ ސަމަން ގްރޭންޑްއަށެވެ. ޓޫރިސްޓް އުޅަނދު ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ “ގޮމަފުޅު” އެވޯޑް ހޯދާފައިވާއިރު ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހޯދާފައިވަނީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.

އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑް ހޯދާފައިވަނީ ޓީއެމްއޭއެވެ. އެއަރޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކާފައިވަނީ އިއްތިހާދު އެއަރވޭސްއެވެ. އާމްދަނީން ނަގާ ޓެކްސް ބޭންކުގެ ގިންތިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ބީއެމްއެލްއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ލިބިފައިވަނީ ދިރާގަށެވެ.

މީގެއިތުރުން އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތަކުގެ ގިންތިންނާއި، ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އެންމެ ގިނައިން ދައްކާފައިވާ ފަރާތްތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް

mira

ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި އިސްލާޙު ތަސްދީޤްކޮށްފި

mira

މީރާއިން އިންކަމް ޓެކްސް ރަޖިސްޓްރޭޝަނާއި ވިތުހޯލްޑިންގ އުސޫލުތަކަށް ބަދަލު ގެނެސްފި

Dr shaheem

މީރާ މެދުވެރިކޮށް ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ