ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭން އޭޖީ އޮފީހުން އިފްތިތާޙުކޮށްފި

STO_Ads
TTH_Ads
Advertisement

ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕޭން “އެނގުމަކީ ބާރެއް” މިއަދު އިފްތިތާޙުކޮށްފި އެވެ.

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ “އެއިމް ޕްރޮޖެކްޓް” ގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

“އެނގުމަކީ ބާރެއް” ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމެވެ.

HajjCop_ads
Advertisement

މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އެވެ.

ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ މި އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ފޭކުލިޔުން ހުށަހަޅައިގެން ދައުލަތުން މިލިއަނުން ފައިސާ ހޯދަން އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅައިފި