ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭކުލިޔުން ހުށަހަޅައިގެން ދައުލަތުން މިލިއަނުން ފައިސާ ހޯދަން އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅައިފި

police
TTH_Ads
STO_Ads
Advertisement

ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން ދައުލަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއް އެޓާނީ ޖެނެރަލް އޮފީސް (އޭޖީއޯ)ގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން 2008 ވަނަ އަހަރުގެ ތެރޭގައި ހެލްތު މިނިސްޓްރީއަށް ސަޕްލައިކޮށްދިން މެޑިކަލް އިކުއިޕްމެންޓްސްތަކާއި ކޮންސިއުމަބަލްގެ އަގު ހޯދަން ހުށަހަޅާފައިވާ މައްސަަލައަކާ ގުޅިގެން އޮޓިޓް އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގައި ފާހަގަކުރި މައްސަލައެކެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެން ޖެހޭ 400 މިލިއަން ރުފިޔާ ނުލިބިގެން 2020 ވަނަ އަހަރުގެ ތެރޭގައި ކޯޓަށް މައްސަލަތަކެއް ހުށަހަޅައިފައި ކަމަށެވެ.

HajjCop_ads
Advertisement

ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަވިސް(ޑީއެމްއެސް) އަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްއަށް ސެންޓާއަށް ފައިސާ ލިބެން ޖެހޭ ކަމަށް ބުނެ އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައިގައި ފޯޖުކޮށްފައިވާ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަމަށް ބެލެވޭކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެ ރިޕޯޓުގައި އިތުރަށް ބުނީ ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއިން އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާ (އެސްބީއައި)ގެ ބޭންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއް ކަމަށް އެ ބޭންކުން ކަށަވަރުކޮށްދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން ވަނީ އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. ސެންޓާއަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުންވެސް، ފައިސާ ނުލިބޭކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

މި މައްސަލައިގައި އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ ސައްހަނޫން ލިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށް ނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ.

އޭޖީ އޮފީހުގެ އިސް އޮފިޝަލަކު “މުޅިރާއްޖެ” އަށް މިއަދު ވިދާޅުވީ މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތައްވެސް ފުލުހަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ.

މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަަޅައިދިނުމަށްވެސް އެދިފައިވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުށް

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް

police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

laamu gamu

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި