ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިނގިރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު ލައްކައަކާ ގާތަށް

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —
TTH_Ads
STO_Ads
Advertisement

އިނގިރޭސިވިލާތުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 99,286 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެެވެ. މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި 122,913 ފަތުރުވެރިންނާއި އަޅާބަލާއިރު، 19 އިންސައްތަ ދަށް އަދަދެކެވެ. އިނގިރޭސިވިލާތަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތް ޤައުމެވެ. މިދިޔަ އަހަރުވެސް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އެޤައުމުންނެވެ. މިދިޔަ އަހަރު މުޅި ޖުމްލަ 201,797 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުުމުތަކަކީ، ޗައިނާ އަދި ރަޝިއާއެވެ.

HajjCop_ads
Advertisement

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތައް

  1. ޗައިނާ: 224,107 ފަތުރުވެރިން
  2. ރަޝިއާ: 183,969 ފަތުރުވެރިން
  3. އިނގިރޭސިވިލާތް: 99,286 ފަތުރުވެރިން
  4. އިޓަލީވިލާތް: 81,144 ފަތުރުވެރިން
  5. ޖަރުމަނުވިލާތް: 78,046 ފަތުރުވެރިން

މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,281,360 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 1,341,550 ފަތުރުވެރިންނާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް ވައިގެ މަގުން 1,265,783 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކަނޑުމަގުން 15,577 ފަތުރުވެރިން ވަނީ، ޒިޔާރަތް ކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 917,305 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 281,633 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓެލްތަކުގައި 29,852 ފަތުރުވެރިން އަދި ސަފާރީތަކުގައި ވަނީ 23,729 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

6 އަތޮޅަކުން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބިޑަށް ހުޅުވާލައިފި

Big nMUjp8rRkhOmL62i1p9dYs8ip

ގެސްޓުހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ޗައިނާއާއި އިޓަލީގެ ފަތުރުވެރިން

Big Tgiyzo7XVSWa475GzDjpWtauT

ފަޅުތަކާއި ފަޅުރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް އެކުލަވާލަން ބިލު މަޖިލީހަށް

ameen

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ފަތުރުވެރިކަމުގެ އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް: އަމީން