ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި އިތުރު 5،000 ހައުސިން ޔުނިޓް އަޅަނީ

hulhumale
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހުޅުމާލޭގައި އިތުރު 5،000 ހައުސިން ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ބިން ލިބުނު ވަރަކުން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމަށެވެ.

މިހާރުވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ތަރައްގީ ކުރާ ޖުމްލަ 3,260 ފްލެޓްގެ މަސައްކަތާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި ތަރައްގީ ކުރާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ހިމެނޭކަމަށެވެ.

HajjCop_ads
Advertisement

މީގެ އިތުރަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓުގެ މަސައްކަތުގެ އިތުރުންވެސް އެ މޮޑެލްއަށް އިތުރު ބިންތަކެއް ހަވާލުކޮށް ކޮންޓްރޯލް އަގެއްގައި ފްލެޓްތައް ވިއްކުމަށް ފުރުސަތު ދޭނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

“އެއާއެކު ސަރުކާރުން އެލްއޯސީގެ ތެރެއިން ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިއަށްގެންދާނެ، އަދި އޭގެ އިތުރަށް އިރާދަކުރެއްވިޔާ އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން ގެނަދަނީ ސަރުކާރުން އިތުރު 5،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް،” ވަޒީރު ވިދާޅުވިއެވެ.

މި ހުރިހާ މަޝްރޫއެއް ނިމި މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ އެންމެންނަށް ތަސައްލީއެއް ހޯދައިދެވިގެންދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ވަރަށް ހަލުއިކޮށް ކުރިއަށްދާކަން ފާހަގަކުރައްވަމުން އެ މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެ ކުރިން ވަނީ ދެއްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެކި ގައުމުތަކާ އޮންނަ ގުޅުންތަކުގެ ތެރެއިން އިތުރު ހައުސިން މަޝްރޫއުތައް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި އަހަރު ތެރޭގައި ގިނަ އަދަދެއްގެ ފުލެޓުގެ މަސައްކަތް އަލަށް ފެށިގެންދާނެ ކަމަށެވެ.

ފްލެޓްތަކުގެ މަސައްކަތުގެ އިތުރަށް ގޯތިދިނުމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތްވެސް ވައުދުވެވަޑައިގަތް ގޮތަށް ކުރިއަށްގެންދަވައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ގެންދަވަނީ ދެއްވަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ބީއެމްއެލްގެ 3،000 ފްލެޓަށް މިދައުރުގައި ނިންމައި މީހުންނަށް ވަދެވޭނެ: ޑރ. މުއްޠަލިބު

muthalib

މި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން، ޢަމާޒަކީ ދިރިއުޅެވޭވަރު ކުރުން: މުއްޠަލިބު

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމާލެވޭނެ: ޑރ. މުއްޠަލިބު

ދޫކުރާ ފްލެޓްތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: ޑރ. މުއްޠަލިބު