ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރަން އުކުޅަހުން ދެއްކި ނަމޫނާ މުޅި ރާއްޖެއިން ދައްކާނެ: މިނިސްޓަރު ރާފިއު

raafiu
TTH_Ads
STO_Ads
Advertisement

އއ. އުކުޅަހުގައި އޮތް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ތަރައްޤީއާއި ހަމަޖެހުމަށް އުކުޅަހުން ދެއްކި ނަމޫނާއާ އެއްގޮތަށް ދެހާސް އަށާވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ އުކުޅަހުގެ ރައްޔިތުން ބޭނުންވީ ތަރައްޤީއާއި ހަމަޖެހުމާއި ރައްކާތެރިކަން ކަމަށާއި، ރައީސް މުޢިއްޒުގެ ވެރިކަމުގައި އެކަންކަން ހާސިލުވަމުންދާ ކަމަށެވެ. އަދި އެކަންކަން ޤަބޫލުކޮށް ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އުކުޅަހުގެ ރައްޔިތުން ކޮންގްރެސް ޕާޓީއަށް ފުރުސަތު ދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ޖަލްސާ އޮތީ މިނިސްޓަރު ރާފިއު ނިސްބަތްވެވަޑައިގަންނަވާ އއ. އުކުޅަހުގައެވެ. ރައްޔިތުންގެ ފަރާތުން ދެއްވި އެ ތާއީދަށް ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު ވަނީ އުކުޅަހުން ދެއްކީ ނަމޫނާއެއް ކަމަށާއި، އެ ނަމޫނާ ދެހާސް އަށާވީސް ވަނަ އަހަރު މުޅި ރާއްޖެއިން ދައްކާނެ ކަމަށް ވިދާޅުވެފައެވެ.

HajjCop_ads
Advertisement

އުކުޅަހުގައި ޕީއެންސީގެ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ ދެހާސް އަށާވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ވެސް މި މަގުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އުކުޅަހުގައި ފެށުނު ތަރައްޤީގެ މަޝްރޫޢުތަކާއެކު ރަށަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހައުސިންގ މަޝްރޫޢުގެ އިތުރުން ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ އައިސްޕްލާންޓް އެ ރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އުކުޅަހުގައި ސަރުކާރުން ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާވެސް ވަނީ އަޅާފައެވެ. ކުރީގެ ސަރުކާރަށް ތިން އަހަރުވީއިރު ނިންމާނުލެވުނު ފުޓްބޯޅަ ދަނޑު މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިންމައި، ވޮލީ ކޯޓު ހުޅުވުމަކީ އެ ރަށުގެ ޒުވާނުންނަށް ލިބުނު ބޮޑު އުފަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ޕީއެންސީގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވުމަށް ވަޒީރު ރާފިއު ނިންމަވައިފި

Sstv FORM FOR EC

ޕީއެންސީ އޮތީ ކާމިޔާބީއާ މާ ދުރުގައެއް ނޫން: މިނިސްޓަރު ރާފިއު

Raafiu

ރައީސްގެ ތަސައްވުރު ޙާސިލުކުރެވޭނީ ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރުންނަށް: ރާފިޢު

އިންޑޯ ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރާނަން: ރާފިއު