ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް، ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

468486 b1164f56 c
TTH_Ads
STO_Ads
Advertisement

ކުދި ޖަޒީރާ ޤައުމުތަކުގެ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ވަފުދުގެ މަންދޫބުންނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްދިޔަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-ސާއީސް) ސިމްޕޯޒިއަމް 2026 ނިމުމުގެ ރަސްމިއްޔާތާއި އިންޓޮސާއީ ޑިވެލޮޕްމަންޓް އިނިޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް 2026 ހުޅުވުމުގެ ރަސްމިއްޔާތަށްފަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖަވާބުދާރީވުމާއި، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ހެޔޮ ވެރިކަމެއް ކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު ވަޢުދުތައްކަން ތަކުރާރުކުރައްވާފައެވެ. އަދި ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ޤާނޫނީގޮތުންނާއި މުއައްސަސާތަކަށް ގެންނަވަމުންދާ އިސްލާޙުތަކަށް އަލިއަޅުއްވާލައްވައި، މިކަންކަމަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ ތާޢީދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

‘މޯލްޑިވްސް 2.0’ ގެ ތަޞައްވުރާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އަދި އެސްޓޯނިއާގެ ޑިޖިޓަލް ގަވަރނަންސް މޮޑެލް ފަދަ، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ އަލީގައި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރާއްޖެއިން ހަރުދަނާ ޤާނޫނީ އޮނިގަނޑުތަކެއް އެކުލަވާލަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަމިޓް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް، ދިވެރާއްޖެއިން ދެއްކި ލީޑަރޝިޕަށް، ޒިޔާރަތްކުރެއްވި މަންދޫބުންނާއި ބައިނަލްއަޤްވާމީ މަންދޫބުން ވަނީ ތަޢުރީފުކުރައްވާފައެވެ. ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މަންސަތަކުގައި ހިމާޔަތްކޮށްދެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އެބޭފުޅުން ތަޢުރީފުކުރެއްވިއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަކީ، ދައުލަތް ޒިންމާދާރުކުރުވުމުގެ ނިޒާމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަމާއި ސިޔާސީ ވިސްނުން އަންގައިދޭ ކަމެއްކަން، މަންދޫބުން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

އއ. އުކުޅަހުގައި ކާމިޔާބުކަމާއެކު ސަމިޓްގެ ކަންކަން ކުރިއަށްގެންދަވާ، ބައިނަލްއަޤްވާމީ މަންދޫބުންނަށް ދިވެހިންގެ ޘަޤާފަތާއި މެހެމާންދާރީގެ ޙަޤީޤީ ތަޖުރިބާ ކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީއާއި، އިންޓޮސާއީގެ ޗެއަރގެ މަންދޫބު، މަނާލް މުޙައްމަދު ޚައިރީއާއި، އައި.ޑީ.އައިގެ ޑިރެކްޓަރ ޖެނެރަލް، އައިނަރ ގޮރިއްހްސަން އާއި، ޔޫންޑޭސާ (ޔޫ.އެން.ޑީ.އީ.އެސް.އޭ) ގެ މަންދޫބު އަރަންޒާޒޫ ގީޔެން މޮންޓެރޯގެ އިތުރުން، ސިޑްސް ސަރަޙައްދުގެ ޤައުމުތަކުން ޒިޔާރަތްކުރެއްވި ސިޑްސް-ސާއީސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

468215 7d1e944d 3 (1)

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް