ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފި

TTH_Ads
STO_Ads
Advertisement

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.

މިއަދު ބޭއްވި ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ސްޓްރެޓީޖިކް ޕްލޭނަކީ 2026-2029 އަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާއި ސަމާލުކަން ދޭނެ ކަންކަމުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭ ޕްލޭނެކެވެ.

HajjCop_ads
Advertisement

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އެ ސްޓްރެޓެޖީ އެކުލަވާލާފައި ވަނީ ޒަމާނީ، ބަރޯސާވެވޭ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކުގައި ކަމަށެވެ. އައު ޕްލޭންގައި އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި، އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ދެނެގަތުން ހިމެނޭކަމަށް ފާހަަކުރެއްވިއެވެ.

“މިއަދަކީ ރާއްޖެއަށް ވަރަށް ޚާއްސަ ދުވަހެއް. އެއީ އަޅުގަނޑުމެން މި ތަޢާރަފްކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން. މި ޕްލޭން އެކުލަވާލާފައިވާނީ ޤައުމީ މަސްލަހަތު އިސްކޮށް، އާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތަށް ވިސްނުން ބަހައްޓައިގެން.” އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވިއެވެ.

މީގެއިތުރުން، ފޮރެންސިކް އޮޑިޓްތަކާއި، މައުލޫމާތުގެ ނިޒާމާއި އެހެނިހެން ޚާއްސަ އޮޑިޓްތަކާއި ގުޅޭ އުއްމީދީ ވާހަކަތަކެއް އެ ޕްލޭންގައި ހިމެނޭކަމަށް އޮޑިޓަރޖެނެރަލް ވިދާޅުވިއެވެ. ހަމައެހެންމެ އޮޑިޓް އޮފީހުގެ ޤާބިލްކަން އިތުރުކުރުމަށާއި، މަސައްކަތުގައި ޓެކްނޮލިޖީގެ ބޭނުންހިފުމަށާއި، ޒަމާނީ އޮޑިޓްކުރުމުގެ ވައްޓަފާޅިތައް ބޭނުންކުރުމަށް އެ ސްޓްރެޓީޖިކް ޕްލޭންގައި ހިމަނާފައިވެއެވެ. އަދި ޤައުމީ ފެންވަރުގައި އާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

Abdul Raheem abdulla

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތީ ދަރުވާލާފައި: އަބްދުއްރަހީމް

muiz

ޕީއެންސީގެ ކޮންގްރެސް ވާނީ މިހާތަނަށް ބޭއްވޭ އެންމެ ފުރިހަމަ އެންމެ ކާމިޔާބު ކޮންގްރެސްއަށް: ރައީސް

468380 75ddd6c7 5

ނަޒާހަތްތެރިކަން އިތުރުކުރުމަށް ވިލުންތެރި ދައުލަތްތަކެއް ބިނާކުރުމަށް ރައީސް ގޮވާލައްވައިފި