ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

ޣައްޒާގެ ހާލަތު:
STO_Ads
TTH_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދައިގެން އުޅޭ ބޯޑު އޮފް ޕީސްއިން، އިސްރާއީލު ސިފައިން ޣައްޒާއިން ބޭލުމާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގެ ތަފްސީލް ދިނުމަށް ހަމާސްއިން އެމެރިކާގެ ރައީސަށް ގޮވާލައިފިއެވެ.

ހަމާސްއިން މިކަމަށް ގޮވާލީ، ބޯޑު އޮފް ޕީސްއިން ޣައްޒާއަށް ކަނޑައަޅާފައި ހުންނަ އިސް މަންދޫބު މްލަޑެނޯވް، ނަތަންޔާހޫ ބައްދަލުކުރުމަށްފަހު އާންމުކުރި ބަޔާނާ ގުޅިގެންނެވެ.

ހަމާސްގެ އޮފިޝަލުން މިއަދު ވިދާޅުވީ، މްލަޑެނޯވްގެ ވާހަކަތަކަށް ހަމާސްއާއި އަދި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުންވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.

HajjCop_ads
Advertisement

ޓްރަމްޕްގެ ސުލްހައިގެ ޕްލޭންގެ ދަށުން، ބޯޑް އޮފް ޕީސްއިން އެކަށައެޅި ރޯޑްމެޕް އިއުލާން ކުރިއިރު، ހަމާސްއިން ހަތިޔާރު ބެހެއްޓުމާއި، އަދި އިސްތިއުމާރީ ސިފައިން ފިޔަވަހިތަކަކަށް ބަހާލައިގެން ޣައްޒާއިން ފޭބުންވެސް ހިމަނާފައި ވެއެވެ.

ޣައްޒާ ރައްޔިތުންގެ ހައްގުގައި ހަތިޔާރު ބަހައްޓަން އެއްބަސްވިކަން ހަމާސްއިން އިއުލާންކުރީ ހުކުރު ދުވަހުއެވެ.

އެކަމަކު، މުޖުރިމު ނަތަންޔާހޫއާއި، އޭނާގެ ކެބިނެޓު މިނިސްޓަރުން ދެން ބުނަންފެށީ ހަމާސްއިން އެއްކޮށް ހަތިޔާރު ނުބަހައްޓަނިސް ޣައްޒާއިން ސިފައިން ނުބާލާނޭ ކަމަށާއި، މިހާރު ތިބި ސަރަހައްދުތަކުން ފަހަތަކަށްވެސް ނުޖެހޭނޭ ކަމަށެވެ.

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ޣައްޒާ މަންދޫބު ނަތަންޔާހޫއާ، ހިފާފައިވާ ގުދުސްގައި ބައްދަލުކުރީ ނަތަންޔާހޫ ރުއްސުމަށްޓަކައެވެ.

ބައްދަލުވުމަށްފަހު ބޯޑް އޮފް ޕީސްއިން ނެރުނު ބަޔާނުގައި މުޅިންވެސް ދައްކާފައިވަނީ ހަމާސްއިން އެއްކޮށް ހަތިޔާރު ބަހައްޓަންޖެހޭ ވާހަކައެވެ. އިސްތިއުމާރީ ދައުލަތުން ފުރިހަމަ ކުރަންޖެހޭ އެއްވެސް ޒިންމާއެއްގެ ވާހަކަ ބަޔާނުގައި ނެތެވެ. ހަމާސް ހިތްހަމަނުޖެހުނީ އެކަމާހެދިއެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްތިއުމާރީ ސިފައިން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކާއި، ޑްރޯން ހަމަލާތަކާއި، ބޮޑުބަޑީގެ ހަމަލާތަކާއި، ބަޑީގެ ހަމަލާތަކާއި، މީހުން ޝަހީދުކުރުމާއި، އަސްކަރީ އުދުވާނުތައް ހުއްޓުވުމުގެ އެއްވެސް  ވާހަކައެއް މްލަޑެނޯވްގެ ބަޔާނުގައި ދައްކާފައެއް ނުވެއެވެ. އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ކުރުމަށް އިސްތިއުމާރީ ދައުލަތުން އެއްބަސްވި ކަންކަން ފުރިހަމަ ނުކުރާތީ އެކަމަށްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމާސްގެ އޮފިޝަލުން މިއަދު ވިދާޅުވީ، ހަމާސްއިން ދެން އަޅާނެ ފިޔަވަޅެއް ކަނޑައަޅާނީ ބޯޑް އޮފް ޕީސްގެ ޣައްޒާ މަންދޫބު މްލަޑެނޯވްގެ ފަރާތުން ސާފު ޖަވާބެއް ލިބުމުން ކަމަށެވެ.

އެކިއެކި ބަހަނާތަކާއި، ހުއްޖަތްތައް ދައްކައިގެން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިސްތިއުމާރީ ދައުލަތުން ހުރަސްއަޅާ ކަމަށް ބުނެ ގަތަރުން މިއަދުވަނީ އިސްރާއީލު  ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

އަދި އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ތުރުކީ، މިސްރު އަދި ގަތަރުންވެސް ވަނީ، އިސްރާއީލުން ކެނޑިނޭޅި ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް