ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ކޮރަޕްޝަން މައްސަލަތައް 30 ދުވަސްތެރޭ ތަހުގީގުކޮށް ނިންމަނީ

Fenaka MD
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ ތެރޭގައި ހިމެނޭ ވަޒީފާ ދިނުމާއި، މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 30 ދުވަސް ތެރޭގައި ތަހުގީގުކޮށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓް ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުން ފާސްކުރި ނިންމުމުގައިވާ ގޮތުން، އޭސީސީން ކުރިއަށްގެންދާ ތަހުގީގުން ފާހަގަވާ ކަންކަން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފްސީލީ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ކޮމިޓީއާ ހިއްސާކުރުމަށާއި، މައްސަލަ ނިންމުމަށްފަހު ފައިނަލް ރިޕޯޓް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ފެނަކަ “ރައިޓް ސައިޒް” ކުރުމަށްޓަކައި ކުންފުނީގެ މަސައްކަތްތަކާއި މުވައްޒަފުންގެ ނިސްބަތް ބެލުމަށް “ޖޮބް އެނެލެސިސް” އެއް ހެދުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި އެނެލެސިސްއަށް ބިނާކޮށް، ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި، އިތުރު މީހަކު ބޭނުންވާކަން ކަށަވަރުނުކޮށް ވަޒީފާ ނުދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ. މި މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ގޮތުގައި، އާންމުކޮށް އިއުލާނު ނުކޮށް ވަޒީފާއަށް މީހުން ނެގޭ ގޮތަށް އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، މެނޭޖުމަންޓުން އަމިއްލަ މަސްލަހަތު އިސްކޮށްފައިވެއެވެ. އެހެންކަމުން، މީގެ ފަހުން އާންމުކޮށް އިއުލާނުކޮށްގެން އަދި އިންޓަވިއު މަރުހަލާ ފުރިހަމަކޮށްގެން ނޫނީ ވަޒީފާ ނުދެވޭ ގޮތަށް ކުންފުނީގެ ގަވާއިދުތައް އިސްލާހު ކުރުމަށް ވެސް މަޖިލީހުން ވަނީ ފެނަކައަށް އަންގާފައެވެ.

މި އިސްލާހުތައް ގެނައުމަށްފަހު، ތިން މަސް ދުވަހުގެ ތެރޭގައި އެކަން މާލިއްޔަތު ކޮމިޓީއަށް އަންގަން ޖެހޭނެ ކަމަށް ވެސް މިއަދު ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި

Fenaka MD

ފެނަކައިގެ ޕްރޮކިއުމެންޓް، ޕީސީބީގެ އުސޫލުތަކާއި އެއްގޮތްކުރަނީ