ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

އިސްތިއުމާރީ ސިފައިން ޣައްޒާގެ ޓެންޓު އަވަށްތަކަށް އިއްޔެ ބޮންއަޅަނީ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 19 މީހުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މި ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 4 ކުޑަކުދިންނާއި، 3 އަންހެނުންނާއި، އުމުރުން ދުވަސްވީ މީހެއްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އަދި މި ހަމަލާތަކުގައި އިތުރު 35 މީހުން ޒަޚަމްވެފައި ވާއިރު، އޭގެ ތެރޭގައި 12 ކުޑަކުދިންނައި، 6 އަންހެނުން ހިމެނޭ ކަމަށްވެސް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.

HajjCop_ads
Advertisement

މިއާއެކު، އިސްތިއުމާރީ ޓެރަރިސްޓު ސިފައިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި ކަމަށް ރެކޯޑް ކުރެވުނު ރަސްމީ އަދަދުވަނީ 73،375 އަށް އަރާފައެވެ.

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ހެދި އަމަލުކުރަން ފެށީ މިދިޔަ 2025  ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

އެއްބަސްވުމެއް ހެދިނަމަވެސް އިސްތިއުމާރީ ސިފައިން ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް ޣައްޒާއިން 1،250 މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 270  ކުޑަކުދިންނާއި، 134 އަންހެނުންނާއި، އުމުރުން ދުވަސްވީ 38 މީހުން ހިމެނެއެވެ.

އިއްޔެ އެކަނިވެސް އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ފަންސަވީހަށްވުރެ ގިނަ އުދުވާނީ ހަމަލާ ދީފައި ވެއެވެ.

އެމީހުން ޣައްޒާގެ އެކި ހިސާބުތަކަށް ގިނައިން ހަމަލާތައް ދެމުންގެންދަނީ، އާންމު ނިދަންތިބޭ ވަގުތުގައެވެ. އެގޮތުން ދެމުންގެންދާ ހަމަލާތަކުގައި އާއިލާތައް އެކުގައި ޝަހީދުކޮށް ވުޖޫދުން ފޮހެލާފައިވާ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން އަދިވެސް ގެންދަނީ ޣައްޒާގެ އިތުރު ބިންތައް ހިފައި، އާންމުން ގެދޮރުން ނެރެ މަގުމަތި ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ހެދި އެއްބަސްވުމަށް އިސްރާއީލު އަމަލު ނުކުރާއިރު، އިސްރާއީލު ހުއްޓުވަންވެސް ޓްރަމްޕް ވަނީ ނުކުޅެދިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ