ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީމަގު މަރާމާތުކުރާތީ ބަސްރޫޓަށް ބަދަލެއް

Big 9wEN7mThr3ZWjGLGaqW3MH04W
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަމީނީމަގު ތަރައްޤީކުރުމަށް އެ މަގުގެ ބައެއް ބަންދުކުރުމާއި ގުޅިގެން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.

މްޓީސީސީއިން ބުނީ އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުކުރުމަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މިރޭ 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށެވެ. މަގު ބަންދުކުރުމުން، އެކުންފުނިން ފޯރުކޮށްދޭ ބަސް ދަތުރުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 އޯކިޑް ރޫޓް ދަތުރުތައް ފައްޓާއި ނިންމާނީވެސް ވެސްޓު ޕާރކު ބަސް ސްޓޮޕަށެވެ. މި ބަދަލާއި ގުޅިގެން އަމީނީމަގު މަރާމާތުކުރުމުގެ ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ދެން ރޫޓް-10ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.

އަމީނީމަގު ސެގްމަންޓު 1ގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައްވެސް ވަގުތީގޮތުން މެދުކެނޑޭނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓަރމިނަލްއަށްކަމަށް އެމްޓީސީސީން ބުންޏެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 23 at 14.29.23

ނޮޅިވަރަމު ސްކޫލް މަލްޓިޕާޕާސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

ހިއްމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

RTL

މަގު ހަދާތީ ވެސްޓްޕާކްގެ ބަދަލުގައި، ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް!