ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ހޯދަޑު.މަނާގެ، ޒަޔާން ޢަބްދުއްލަޠީފް (22އ) އާއި ވ. ފުލިދޫ / އެވަރެސްޓް، އަޙްމަދު ދައުސް ޢަބްދުލްޤާދިރު (19އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.

މި ދެ މީހުންގެ ތެރެއިން ޒަޔާން ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 20.78 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

HajjCop_ads
Advertisement

އަޙްމަދު ދައުސް ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ ފުލުހުން މާލެތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ 27.32 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒަޔާން ޢަބްދުލްލަޠީފް 15 ދުވަހަށް އަދި ދައުސް ޢަބްދުލްޤާދިރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

988

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި