ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އިސްތިއުމާރީ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިތައް އިމާރާތުން ނެރެނީ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ރެއިން ފެށިގެން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެފައިވަނީ، މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ރެއިންފެށިގެން ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާގެ 4 އާއިލާއެއްގެ ހުރިހާ މެމްބަރުން ޝަހީދުކޮށް، އެ އާއިލާތައް ވުޖޫދުންވެސް ފޮހެލާފައިވާ ކަމަށް ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

HajjCop_ads
Advertisement

މި ޓެރަރިސްޓު ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ.

ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީގެ އައްސައުސީ އެޕާޓްމަންޓް ޓަވަރަށް ދިން ހަމަލާގައި ޝަހީދުވި އާއިލާ މެމްބަރުންގެ ތެރޭގައި ވިހަން ކައިރިވެފައި އިން މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. އެ ހަމަލާގައި ދެމަފިރިންނާއި، އެ ދެމަފިރިންގެ ކުޑަ ދަރިފުޅުވެސް ޝަހީދުވިއެވެ.

ދީރުލް ބަލާހަށް ދިން ޓެރަރިސްޓު ހަމަލާއެއްގައި ދެމަފިރިޔަކު ޝަހީދުކޮށްލާފައި ވާއިރު، މީގެކުރީގެ ހަމަލާތަކުގައި އެ ދެމަފިރިންގެ ތިންކުދިންވަނީ ޝަހީދުކޮށްލާފައެވެ.

އަލް މަވާސީ ސަރަހައްދުގެ އެޕާޓްމަންޓަކަށް ދިން ޓެރަރިސްޓު ހަމަލާއެއްގައި ދެމަފިރިއަކާއި އެދެމަފިރިންގެ ކުޑަ ދަރިފުޅު ޝަހީދުކޮށްލާފައި ވެއެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕަށްވެސް ހަމަލާދީ އެކަކު ޝަހީދުކޮށްލާފައި ވެއެވެ.

ރެއިން ފެށިގެން ޣައްޒާއިން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު މެދުނުކެނޑޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، އޭގެފަހުންވެސް އިސްތިއުމާރީ ސިފައިން ޣައްޒާއަށްދޭ ހަމަލާތައް ހުއްޓައެއް ނުލައެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް ޣައްޒާއިން މިހާތަނަށް 1،230 މީހުން ޝަހީދުކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 4،076 އަށް އަރާފައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިއުމާރީ ޓެރަރިސްޓުންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 73،356 އަށް އަރާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި