ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

Umra hajj cooperation
STO_Ads
TTH_Ads
Maldivian_Ads
Advertisement

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ރާއްޖެ އަންނަން ފަށާފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ބާރުއަޅާފައެވެެ. އަދި ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް އެ އިދާރާއިން އިރުޝާދު ދެއެވެ.

އަދި އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

HajjCop_ads
Advertisement

ޑޮކްޓަރަށް ނުދައްކައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ .ރޯގާ ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރިއެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 125 އަށްވުރެ މައްޗަށް އަރައިފި

Igmh

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

Igmh

މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 243 ކޭސް ރިޕޯޓުކޮށްފި