ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިނިވަންކަމުގެ އުފާވެރިކަން މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުން: ހަސަން

MNDF
STO_Ads
TTH_Ads
Advertisement

ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިނިވަންކަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް ދިފައީސް ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ދިވެހި ސިފައިންގެ 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ހަސަން ރަޝީދު ވދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިވެހި އަސްކަރިއްޔާ ތަރައްގީކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރައްވާވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ގާއިމުކުރި ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ސިފައިންގެ ހިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކުވެރި ގައުމުތަކުން ދިވެހި އަސްކަރިއްޔާއަށް ގިނަ އެހީތަކެއް ދެމުންދާކަމަށާއި ހަދިޔާއެއްގެ ގޮތުގައިދޭ ކޮންމެ އެއްޗެއްގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސިފައިންނަށް އޮންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ސިފައިން އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ މިއަދު އިހްސާސްކުރާ މިނިވަންކަމުގެ އުފާވެރިކަން މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ފުރިހަމައަށް އަދާކޮށްދިނުމަށް. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން، އަދި ފިކުރީ ގޮތުންނާއި އިލްމީ ގޮތުން މިކަމަށް ގާބިލްކަން ހޯދާ، ނަފްސު ތަރައްގީކޮށް ތައްޔާރަށް ހުރުން.” ހަސަން

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 73 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ މާޗް މަހުގެ ހަތަކުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. އެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، 73 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުން ވަނީ ހުވާކޮށްފައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އެ ކޯހުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަހްލާގް ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

moosun

ގެއްލުނު މީހުން ހޯދަން 3580 ކިލޯ މީޓަރުގެ ސަރަޙައްދެއް ބަލައިފި

moosun

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

hawaa

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ