ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ

ޒަޔަނިސްޓުން ޣައްޒާއަށް ރޭގައި ބޮންއަޅަނީ:
TTH_Ads
STO_Ads
Advertisement

ޒަޔަނިސްޓު ޓެރަރިސްޓު ސިފައިން ޣައްޒާގެ ވެރިރަށް ގާޒާ ސިޓީއަށް ރޭގައި ދިން ވަރުގަދަ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ. ޒަޚަމްވި މީހުންގެ އަދަދު 25 އަށް އަރާފައި ވެއެވެ.

ޒަޔަނިސްޓު ޓެރަރިސްޓުން ރޭގައި މިސައިލުން ހަމަލާ ދީފައިވަނީ ގާޒާ ސިޓީގެ އައް ޝާތީ ރެފިއުޖީ ކޭމްޕަށެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށާއި، އިމާރާތްތަކަށެވެ.

އިސްތިއުމާރީ ޓެރަރިސްޓުންގެ ހަމަލާތަކާ ގުޅިގެން ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވިއެވެ. އެތައް ޓެންޓަކާއި، އިމާރާތެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

HajjCop_ads
Advertisement

އައް ޝާތީ ރެފިއުޖީ ކޭމްޕަށް ހަމަލާދިން ވަގުތަކީ ރޭގަނޑުގެ ދަންވަރުކަމުން ގިނަ އާއިލާތައް ތިބީ ނިދާފައެވެ. ކުއްލިއަކަށް ހަމަލާތައް ފެށުމުން އެމީހުންނަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނުވި ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.

ޓެންޓުތައް އަނދައި، އިމާރާތްތައް ހަލާކުވުމުގެ ސަބަބުން، އެ ސަރަހައްދުގެ 150 ވަރަކަށް މީހުން މިހާރު އެއްވެސް ހިޔާވަހިކަމެއްނެތި މަގުމަތިވެފައިވާ ކަމަށް، ޣައްޒާއިން ބުނެއެވެ. އޭގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.

ޣައްޒާގެ އަލް ބުރައިޖް ރެފިއުޖީ ކޭމްޕަށްވެސް ރޭގައި ވައިގެ ހަމަލާދީ ތުއްތުކުއްޖަކު ޝަހީދުކޮށްލާފައި ވެއެވެ.

ރޭގައި ޣައްޒާގެ އެކި ހިސާބުތަކަށް ދެގަޑިއިރު ވަންދެން ހުއްޓާނުލާ ވައިގެ ހަމަލާތައް ދީފައިވާ ކަމަށް  ޚަބަރުތައް ބުނެއެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވުމެއް ހެދިނަމަވެސް، އެއީ ދުނިޔެއަށް އޮޅުވާލަން އެމެރިކާއާއި ޒަޔަނިސްޓު ދައުލަތުން ހިންގި ޖަރީމާއެއްކަން ވަރަށް ސާފެވެ. އެއްބަސްވުމެއް ހެދިނަމަވެސް ޓެރަރިސްޓުން ގެންދަނީ ކެނޑިނޭޅި ޣައްޒާއަށް ބޮންއަޅައި، މިސައިލުން ހަމަލާދީ ކޮންމެ ދުވަހަކު އެތައް ކުދީންނާއި އެތައް އާންމުން ޝަހީދުކުރަމުންނެވެ.

ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ފުޅާކޮށް، ވަރުގަދަ ކޮށްފައި ވެއެވެ. އަދި ޣައްޒާގެ ބިމުގެ އިތުރު ސަރަހައްދުތައްވެސް ގެންދަނީ ހިފަމުންނެވެ. ކުޑަކުދިންނާއި، އާއިލާތައް އެއްތަނުން އަނެއްތަނަށް ގެންދަނީ ފައްސަމުންނެވެ.

އެމެރިކާ، ޖަރުމަނު އަދި ހުޅަނގުގެ ބޮޑެތި ބާރުތަކުން ގެންދަނީ ޣައްޒާގެ ނަސްލުނައްތާލަން ބޭނުންވާ ބޮމާއި ހަތިޔާރު މެދުނުކެނޑި ފޯރުކޮށްދެމުންނެވެ. ޒަޔަނިސްޓުން ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވަން އދގެ ތެރެއިން ނުވަތަ އެހެން ބަޔަކު މަސައްކަތް ކުރިޔަސް އެކަމަކަށް ހުރަސްއަޅައި ގެންދަނީ ހުއްޓުވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ ދެކުނު:

ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 11 މީހުން މަރުވެއްޖެ

ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށެއް ހިސާރުކޮށްގެން އުޅޭ މައްސަލަ ވަރަށް ހޫނުވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް