ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބީއެމްއެލް އިން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާ އާންމުކޮށްފައިވާއިރު، ބޭންކުން ވަނީ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރެކޯޑު މިންވަރަކަށް ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވާކަން ބޭންކުގެ ހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އަދި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު ނުވަތަ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ހުރީ 28 އިންސައްތައިގައެވެ.

HajjCop_ads
Advertisement

ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެ، 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ގޮތުގައި 41.6 ބިލިއަން ރުފިޔާ ހުރިއިރު، ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ އެކި ދާއިރާތަކަށް 8 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައެވެ.

ބޭރު ފައިސާ ފޯރުކޮށްދިނުމުގައިވެސް ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް 166 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ވަނީ ހިންގާފައެވެ. މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. ޖުމްލަ ގޮތެއްގައި މި މުއްދަތުގައި 478 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާއިރު، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، ބޭންކުން ދަނީ ޑިޖިޓަލް ޚިދުމަތްތައް ތަރައްގީކުރުމަށާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ‘މޯލްޑިވްސް އޭއައި ލެބް’ އިފްތިތާހުކުރުމާއި، ގެދޮރުވެރިކަމުގެ ފައިނޭންސިންގ ފުޅާކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނެއެވެ. ބީއެމްއެލްއިން މިހާރު މަސައްކަތް ކުރަމުންދަނީ މި ހަރުދަނާ މާލީ ހާލަތާއެކު، ދުރުރާސްތާ ސްޓްރެޓެޖީތައް ތަންފީޒުކޮށް، ގައުމީ އިގްތިސާދީ ތަރައްގީއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ސަފާރީތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލްއިން ތައާރަފްކޮށްފި

WhatsApp Image 2026 07 22 at 11.32.22

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

WhatsApp Image 2026 07 21 at 10.03.10

ބޭންކް އޮފް މޯލްޑިވްސްގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރަނީ

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި