ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހިންގުން ހަރުދަނާކުރަން ބޯޑު މެންބަރުން އިތުރުކުރަނީ

utility
TTH_Ads
STO_Ads
Advertisement

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް” އިސްލާހު ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމެވެ.

HajjCop_ads
Advertisement

މި ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ 11 އިސްލާހެއް ހުށަހަޅާފައެވެެ.

އެގޮތުން މިހާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށް ކަމުގައި ވީނަމަވެސް، ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ބޯޑު މެންބަރުންގެ އަދަދު ޗީފް އެގްޒެކެޓިވްއާއެކު ހަތް މެންބަރުންނަށް އިތުރުކުރުމަށެވެ.

އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް ފިޔަވައި، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަންކުރަންވާނީ ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހުންގެ ތެރެއިން، ކޮންމެ ދާއިރާއަކުން އެއް މެންބަރުކަމަށް ވަނީ ބަޔާންކޮށްފައެވެ.

މިހާރު ގާނޫނުގައި އޮތް ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑަށް މެންބަރުން އައްޔަން ކުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. ނަމަވެސް އައު އިސްލާހުތަކާއެކު ޗީފް އެގްޒެކެޓިވް ފިޔަވައި އެހެން މެންބަރުން އެއް ދައުރަށްވުރެ ގިނަ ދައުރަށް އައްޔަން ކުރެވޭނެއެވެ. މިގޮތަށް އައްޔަން ކުރެވޭނީ ބޯޑުން ވަކިކުރާ މެންބަރުން ނޫން އެހެން މެންބަރުންނެވެ.

މި އިސްލާހުގައި ބޯޑުގެ ޖަލްސާގެ ކޯރަމް ހަމަވާނެ ގޮތާއި ބޯޑުގެ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވްއަށް ވޯޓުލުމުގެ ހައްގު ލިބިގެން ނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ގާނޫނަށް ގެނެވޭ އިސްލާހާގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް އައްޔަންކުރަންޖެހޭ މެންބަރު، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އައްޔަންކުރަންޖެހެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު